ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެއްވަދޫ ގާފު އަލިފު އަތޮޅުގެ ފައިނަލަށް

Main 20260913
STO_Ads
TTH_Ads
Maldivian_Ads
Advertisement

އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ގާފު އަލިފު އަތޮޅުގެ ފައިނަލުގެ ޖާގައެއް ދެއްވަދޫއިން ކަށަވަރުކޮށްފިއެވެ. ދެއްވަދޫއިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކޮނޑޭއާ ބައްދަލުކުރި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު ދެއްވަދޫންއިން ވަނީ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މުހައްމަދު އިމްރާން ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަހުމަދު ރާހިލް ރަޝީދާއި އަލީ އައިމަން އަހުމަދު ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާފައެވެ.

ދެވަނަ ހާފުގައި ދެއްވަދޫގެ ލަނޑުތައް ކާމިޔާބުކުރީ، އަލީ ހޮދާދާދީ އާއި ރާހިލްއެވެ. ކޮނޑޭގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އަބްދުﷲ މޫމިން އަހުމަދެވެ.

HajjCop_ads
Advertisement

މި މޮޅާއެކު، ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ދެއްވަދޫ ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވިލިނގިލި މަރަޓާ ސްޕޯޓްސް އަތުން މޮޅުވީ 1-0 އިންނެވެ.

ފައިނަލުގެ ދެވަނަ ޖާގައަށް ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހުގައެވެ. ހޮނިހިރު ދުވަހުގެ ރޭ ގެމަނަފުއްޓާ ބައްދަލުކޮށް 2-2 އިން އެއްވަރުވުމުން، ވިލިނގިލި މަރަޓާ ސްޕޯޓްސްއަށް އަދިވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެ މެޗުގައި ހުސައިން މިފްރާހުގެ ލަނޑުން ވިލިނގިލި ކުރި ހޯދާފައިވަނިކޮށް، ގެމަނަފުށިން ވަނީ އަހުމަދު ސުދައިޝް އާއި އަލީ ޝާޒްގެ ލަނޑުތަކުން މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ޝަޒްމީ މުހައްމަދު ޖަހައިދިން ލަނޑާއެކު ވިލިނގިލިން ވަނީ މުހިންމު ޕޮއިންޓެއް ހޯދާފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ދެއްވަދޫ ބައްދަލުކުރާނީ ގެމަނަފުއްޓާއެވެ. އަދި ވިލިނގިލި ނިކުންނާނީ ކޮނޑޭއާ ދެކޮޅަށެވެ. ފައިނަލުގެ ފަހު ޖާގައަށް ވާދަކުރަނީ ވިލިނގިއްޔާއި ގެމަނަފުއްޓެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 24 at 17.01.38

ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

ދެއްވަދޫން ކޮންގްރެސް ކެންޑިޑޭޓުން ބޮޑުކޮށް ކުރި ހޯދާ ދެވަނަ ދައުރެއް ކަށަވަރު ކޮށްފި

009

ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި