ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގައި ބޭނުންކުރާނެ ލޯގޯއާއި ޝިޢާރު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މި ލޯގޯއާއި ޝިޢާރު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ލޯގޯއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 1 އަހަރު ދުވަހަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ.
ރާއްޖެ އިސްލާމްވިތާ 9 ޤަރުނު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ “އިސްލާމީ ނޫރުގައި 9 ޤަރުނު – ދިވެހީންގެ ނަސީބާއި އުފާ” މި ޝިއާރެވެ.

މިއަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ދެމިގެންދާގޮތަށް ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މާލެ ސަރަޙައްދަށް ޚާއްސަ ހަރަކާތްތަކާއި، އަތޮޅުތަކަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވެސް ނިންމާފައިވެއެވެ. ގާތްގަނޑަކަށް 15 ވަރަަކަށް ހަރަކާތް ކުރިއަށްގެންދިޔުމަށް ރާވާފައިވާއިރު މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.










ކިޔުންތެރިންގެ ހިޔާލު