ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަދު މި ތިބެވުނު ހިސާބާ މެދު ވިސްނާލުން މުހިންމު: ރައީސް

Main 20260913
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 900 އަހަރު ފުރޭއިރު، މިއަދު މި ތިބެވުނު ހިސާބާ މެދު ވިސްނާލުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމީ ޙަފްލާގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ އިސްލާމްކަމަށް ހިޖުރީގޮތުން 900 އަހަރު ފުރޭ މި ޝަރަފުވެރި އިޙްތިފާލު އަޅުގަނޑުމެންކުރަމުންދާ އިރު، މިއަދު އަޅުގަނޑުމެންނަށް މި ތިބެވުނު ހިސާބާ މެދު ވިސްނާލުން މުހިންމު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީން ދީން އަޅުގަނޑުމެންގެ އަތުގައި ހިފައިގެން މަތިވެރި ދަރަޖައަށް އަޅުގަނޑުމެން އުފުލައިދިން ކަމަށާއި ނަމަވެސް ސުވާލަކީ މިއަދު މި ތިބެވުނީ ކޮން ޙާލަތެއްގައި ތޯއާއި އަލުން ގެންނަން ޖެހޭ އިޞްލާޙަކީ ކޮބައިތޯ ވިސްނާލުން މުހިންމު ކަމަށެވެ.

HajjCop_ads
Advertisement

“ޝައްކެއް ނެތް. ދީން ފެށޭނީ އީމާންތެރިކަމުން. އީމާންތެރިކަމުގެ މަހައްލަކީ ނުވަތަ ހިޔާވައްސަކީ ހިތް. އީމާންކަން އިތުރުވެ އުތުރިއަރަނީ ނުވަތަ މަދުވެ ހިނދެނީ އެ ހިތުގެ ތެރޭގައި.” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީން އަޅުގަނޑުމެންނަށް ދޭ ހުރިހާ ރައްކާތެރިކަމަކާ ހިސާބަށް އަޅުގަނޑުމެންނަށް ވާޞިލުވެވޭނީ ހިތް ރަނގަޅުކޮށްގެން، ހިތުގެ އީމާނަށް ދިރުން ދީގެންނާއި މާތް ﷲގެ ޤަޟާއާއި ޤަދަރާ މެދު އަޅުގަނޑުމެންގެ ޤަބޫލުކުރުންތަކަށް ޔަޤީންކަން ފިސާރި ފުރިހަމައަށް ދީގެން ކަމަށެވެ.

އެކަން ކުރެވޭނީ އެކަމަށް ޓަކައި ނަފުސްތައް ޠާހިރުކޮށްގެން، ހެޔޮކަމާއި ނުބައިކަމާ ދެމެދުގައި ފިސާރި ކެރުމާއި ހަރުދަނާ އިތުބާރާއެކު އިންވަކި ކުރަން އެނގިގެން ކަމަށާއި ހެޔޮމަގުން ނޫނީ ނުދާން ޢަޒުމު ކަނޑައެޅިގެން އަދި ދިރިއުޅުމުގެ ހަމަ ކޮންމެ ޙާލަތެއްގައިމެ އެ ގޮތުގައި ފައިތިލަ ސާބިތުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

“އެ ފަދަ ފަރުދެއްގެ ޙަޔާތަކީ އިސްލާމީ ޙަޔާތެއް. އެ ފަދަ ޤައުމެއްގެ ޙަޔާތަކީ އިސްލާމްދީނުގައި ދެމި އޮތް ޙަޔާތެއް. އެއީ ޙަޤީޤީ އުފާވެރިކަމަކާއި ހިތްހަމަ ޖެހުމުން ފުރިގެންވާ ދިރުންހުރި ޙަޔާތެއް.” ރައީސް ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގައި ދީނީ މުސްތަޤުބަލް ކަނޑައަޅަންވީ ކޮންމެ ފަރުދަކާ ހަމައިން ފެށިގެން، މުޅި ޖަމާޢަތާއި ޤައުމަށް އެ ޢިއްޒަތް ފެތުރިގެންދާ ގޮތެއްގައި ކަމަށާއި ދިވެހި ޤައުމުގެ ދެމި އޮތުން ވަނީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެނަށް ދޭ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން: ރައީސް

raees muiz

“މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް”ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފި

Velana MACL airport

މި އަހަރުގެ ފަހު ކުއާޓާގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު