ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް

criminal court
STO_Ads
Maldivian_Ads
TTH_Ads
Advertisement

އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދިވެހި ފިރިހެނަކު ވިހި އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މާލޭގެ އިޚްތިޞާޞްގެ ތެރޭގައި ހިނގި މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ޤާނޫނީ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމަށްވާތީ، ޝަރީޢަތް ކުރިއަށް ގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ މާލެއަށް ނިސްބަތްވާ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އާއިލާގެ މެންބަރަކު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައެވެ.

HajjCop_ads
Advertisement

ކްރިމިނަލް ކޯޓުން ހާމަކުރި ގޮތުގައި ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ފަނަރަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެހެންކަމުން އެ މާއްދާގެ (ށ) ގެ ދަށުން އޭނާ ވިހި އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެއީ ޙުސައިން ޝިރުވާން ނަމަކަށް ކިޔާ މީހެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އާއިލާގެ މެންބަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ގާނޫނުގެ ދަށުން އާއިލާގެ މެންބަރުންގެ ތެރޭގައި މައިންބަފައިންނާއި، ކާފަ މާމައާއި، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންގެ އިތުރުން ދެބެންގެދެދަރި މީހުންނާއި ދޮންމައިންބަފައިން އަދި ބެލެނިވެރިކަން ހަވާލުވެފައިވާ މީހުން ހިމެނެއެވެ.

އާއިލީ ގުޅުމެއް އޮތް މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިނަމަ، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ވިހި އަހަރާއި ފަންސަވީސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން ނުވަތަ ކޮށްފިކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުނުކޮށް ސިއްރުކުރުމަކީވެސް އެ ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Image 20

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

police

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި