ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ދެކުނުގެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިމާރާތްކުރި ތަނެކެވެ.

40 މީހުންގެ ޖާގައިގެ މި އިމާރާތް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

HajjCop_ads
Advertisement

މި އިމާރާތަކީ ތިން ފަންގިފިލާއަށް އިމާރާތްކުރި ތަނެކެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައި ހިންގުނު މަޝްރޫއެއްކަމަށް ފުލުހުން ބުންޏެވެ.

މި އިމާރާތުގައި ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ހިދުމަތްތަކަށް ހާއްސަ ބައިތައް ވަނީ ހިމަނާފައެވެ. އެގޮތުން ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ބައްދަލުވުންތަކަށް ހާއްސަ ކޮންފަރެންސް ރޫމަކާއި، ކޮމަން އޭރިއާތައް ހިމެނެއެވެ.

އަދި މި އިމާރާތް ފުރިހަމަކޮށްފައިވަނީ ފުލުހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އެހެނިހެން އަސާސީ ވަސީލަތްތަކާ އެކުގައެވެ.

މި މަޝްރޫއުގެ އާކިޓެކްޗަރަލް ޑިޒައިން 2022 ވަނަ އަހަރު ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފްރާސްޓްރަކްޗާ އެންޑް ބިލްޑިން ޑިވެލޮޕްމަންޓް ޓީމުން ތައްޔާރުކޮށްފައިވާއިރު، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ޖަނަވަރީ 8 ގައެވެ.

އަދި 2023 ޖަނަވަރީ 15 ގައި ސައިޓް ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2023 ފެބުރުވަރީ 14 ގައެވެ.

ހިތަދޫ ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ހުޅުވުމަކީ މާލެ ސަރަހައްދުން ބޭރުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، މުޅި ރާއްޖޭގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ސިފަކުރެއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސަދަން ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ސައުތު ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

scam alert

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސްކޭމެއް

2 Suspects 2 dabcc86db4

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ޕޮލިސް ލައިފް ގެ ހާއްސަ އަދަދު ނެރެފި

police

ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި