ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

އައްޑޫ ސިޓީ ސުކޫލުތަކުގެ ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންގައި، ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާއި ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތްތަކާއި ބޭނުންކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ބާވަތުގެ މަކަރާއި ހީލަތް (ސްކޭމް އަދި ފްރޯޑް) ތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

އަދި ސައިބަރ ބުލީއަކީ ކޮބައިކަމާއި އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެ ނަންބަރުތައް ބްލޮކްކުރާނެ ގޮތާއި އެހެން މީހުންގެ ފަރާތުން އެހީތެރިކަން ހޯދާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި އެފަދަ ކަންކަން ނުފޮރުވާ ބެލެނިވެރިންނަށް ކިޔައިދިނުމަށާއި އެފަދަ މީހުންނަށް ރައްދު ނުދިނުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ. އޭގެ އިތުރުން، އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކަށް އަހުލުވެރިކުރުވައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ބައްދަލުވާ ނުދަންނަ މީހުންނަށް ޒާތީ މައުލޫމާތާއި ފޮޓޯ ފަދަ ތަކެތި ހިއްސާނުކުރުމަށް ވެސް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.

HajjCop_ads
Advertisement

މި މަހު 22 ވަނަ ދުވަހު ގަން ޕޮލިހުން ކުރިއަށްގެންދިޔަ މި ސެޝަނަކީ ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް އައްޑޫ ސުކޫލުތަކާއި ގަން ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މަރަދޫ ސުކޫލުގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަޑުނުކޮށް ދިޔަ ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

ކެޝުއަލްޓީ ކެއަރ ފޯރ އޮޕަރޭޝަނަލް ޕޮލިސިންގ: ޕްރޮގްރާމް ހުޅުމާލޭ ފުލުހުންނަށް ކުރިއަށް ގެންގޮސްފި

police CP

ރޭންކާ އެއްވަރަށް އަހުލާގާއި މަސައްކަތުގެ ފެންވަރު ސާބިތުކޮށްދޭންޖެހޭ: ސީޕީ

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި