ތ. މަޑިފުށީގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ އެރަށުގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ޤާއިމްކޮށްދެއްވި މުހިންމު ވަސީލަތެއްކަމަށް ތ. މަޑިފުށީ ކައުންސިލުން ފާހަގަކުރެއެވެ.

ރަށުގެ ފުޓުބޯޅަ ދަނޑާއި ދެކުނުކޮޅާ ދިމާލުގައި ޤާއިމްކޮށްފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީއިން ނިންމާފައިވަނީ އަށެއްކަމަސްދުވަހުގެ ތެރޭގައިކަމަށާ މިއީ ރަށުގެ ކުދިބޮޑު އެންމެންނަށް މަންފާކުރާނެ މުހިންމު ޕްރޮޖެކްޓެއްކަމަށް ކައުންސިލުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

1500 އެއްހާ މީހުންގެ އާބާދީ އޮންނަ މަޑިފުއްޓަކީ ކުޅިވަރުގެ ރަށެއްކަމަށްވާއިރު، އަލަށް މި ޤާއިމްކުރާ އައުޓްޑޯ ޖިމްގެ ސަބަބުން ރަށުގެ ކުޅުންތެރިންގެ ފިޓްނެސް ދެމެހެއްޓުމަށާއި ސިއްހަތު ރަނގަޅު ދުޅަހެޔޮ އާބަދީއެއް ރަށުގައި އުފެދިގެންދާނެކަމަށް ކައުންސިލުން ބުންޏެވެ.

އެމްޓީސީސީން މިހާރުވެސް ދަނީ ތ. އަތޮޅުގައި އިތުރު ދެ މަޝްރޫޢެއްގެ މަސައްކަތް ކުރަމުންނެވެ.