ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުލިބިހުރި ފައިސާގެ ތެރެއިން 3.4 ބިލިޔަން މީރާއިން ހޯދައިފި

Mira
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.4 ބިލިޔަން ރުފިޔާ ހޯދައިފިއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ތެރެއިން ނުލިބިހުރި އާމްދަނީ ހޯދުމަށް މީރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ޤަވާއިދުން އަންގަންޖެހޭ އެންގުންތައް އަންގައިގެން މީރާއަށް ނުލިބިހުރި އާމްދަނީ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފުޅާކޮށްފައެވެ.

މީރާއިން މިހާތަނަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މިހާތަނަށް މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން ފުރަތަމަ ކުއާޓަރުގައި 2.09 މިލިޔަން ރުފިޔާ ހޯދާފައިވާއިރު ދެވަނަ ކުއާޓަރުގައި 1.39 ބިލިޔަން ރުފިޔާ ހޯދާފައިވެއެވެ.

HajjCop_ads
Advertisement

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވަނީ ޑަނިން ނުވަތަ ނޯޓިސް ފޮނުވައިގެންނެވެ.

2 ކުއާޓަރު ނުލިބިވާ ފައިސާ ހޯދި މިންވަރު:

  • ޑަނިންގް / ނޯޓިސް ފޮނުވައިގެން – 2.39 ބިލިޔަން ރުފިޔާ
  • ޑިއުސް ކްލިއަރެންސް – 861.19 މިލިޔަން ރުފިޔާ
  • ފޯނު / އީމެއިލްއިން ހަނދާކޮށްދީގެން – 192.38 މިލިޔަން ރުފިޔާ
  • ބޭންކް އެކައުންޓް ފްރީޒްކޮށްގެން – 14.54 މިލިޔަން ރުފިޔާ
  • ނަން ހާމަކޮށްގެން – 21.45 މިލިޔަން ރުފިޔާ

ދެ ކުއާޓަރުގައި ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ނުވަތަ ޓެކްސް ބަޔާން ހުށަނާޅާ ގިނަ ފަރާތްތަކަށް މިރާއިން ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ. މިގޮތުން ފުރަތަމަ ކުއާޓަރުގައި ޓެކްސް ބަޔާން ހުށަނާޅާ 10,701 ފަރާތަކަށް ފަހުގެ ނޯޓިސް ފޮނުވިއިރު، ދެވަނަ ކުއާޓަރުގައި 9,798 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. ފުރަތަމަ ކުއާޓަރުގައި ޓެކްސް ނުދައްކާ 5,776 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. އަދި ދެވަނަ ކުއާޓަރުގައި 6,586 ފަރާތަކަށް ނޯޓިސް ވަނީ ފޮނުވާފައެވެ.

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި އަދި ކަނޑައެޅިފައިވާ ގޮތަށް ދައުލަތައް ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމަށް މީރާއަށް ތަހުޤީޤު ހިންގާ އޮޑިޓް ކުރުމަށް ބާރު ދީފައިވެއެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 23 އޮޑިޓެއް ހިންގައި 61.92 މިލިޔަން ރުފިޔާ ޓެކުހުގެ ގޮތުގައި އިތުރަށް ދެއްކުމަށް ވަނީ އަންގާފައެވެ. ދެވަނަ ކުއާޓަރުގައި މިމަސައްކަތް އިތުރަށް ފުޅާކޮށް 50 އޮޑިޓެއް މީރާއިން ވަނީ ފުރިހަމަކޮށްފައެވެ. އަދި ޓެކުހުގެ ގޮތުގައި އިތުރަށް 30.35 މިލިޔަން ރުފިޔާ ދައްކަން އަންގާފައިވެއެވެ. މިއާއެކު ޖުމްލަ 73 އޮޑިޓެއް އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ފުރިހަމަކޮށް، 92.27 މިލިޔަން ރުފިޔާ ހޯދުމަށް ވަނީ އަންގާފައެވެ.

މީރާއަށް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ މިންވަރު ބެލުމަށް މީރާއިން ކޮމްޕްލައެންސް ޒިޔާރަތްތަކެއް މީރާއިން ކުރެއެވެ. މީރާއިން ވަނީ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މިފަދަ 2612 ޒިޔާރަތެއް ކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQUgUPTagAAt0VQ

ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން %10 ޓެކްސް ނަގަން ފަށައިފި

mudalu zakaai

މުދަލު ޒަކާތުގެ ގޮތުގައި އިތުރު 23.3 މިލިއަން ރުފިޔާ ލިބުމާއެކު %31 ގެ ކުރިއެރުމެއް

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހަލީމް އާއި އަމީޒާގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފި