ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕުގެ މޫނު ޖެހި ފައިސާ ފޮތި ވިއްކަން ފަށައިފި

Trump coin ht gmh 260715 1784139791466 hpMain 16x9
STO_Ads
TTH_Ads
Maldivian_Ads
Advertisement

އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސޫރަ ޖަހައިގެން ޔޫއެސް މިންޓުން ތައްޔާރުކުރި އެއް ޑޮލަރުގެ ޚާއްޞަ ފައިސާ ފޮތި ރޭ ވިއްކަން ފަށައިފިއެވެ.

ރަން ކުލައިގެ ފިނިޝެއް ހުންނަ މި ފައިސާ ފޮތީގެ އެއް ފަޅީގައި ޓްރަމްޕުގެ މޫނާއި މަތީގައި “ލިބާޓީ” އަދި ތިރީގައި “1776~2026” ލިޔެފައިވެއެވެ. އަނެއް ފަޅީގައި ހުރީ އެމެރިކާގެ ބޮޑު ސީލެވެ. އެ ސީލުގައި ބާޒެއް އެއް ވަކީގައި ދުނި ތީރުތަކެއް އަދި އަނެއް ވަކީގައި ޒައިތޫނި ގޮފިގަނޑެއް ހިފައިގެން ހުންނައިރު ތުނބުގައި އޮތް ބެނާގައި “އީ ޕްލޫރިބަސް ޔޫނަމް” ޖަހައިފައިވެއެވެ.

މި ޑިޒައިނަށް އެމެރިކާގެ ކޮމިޝަން އޮފް ފައިން އާޓްސް އިން މި އަހަރު ރުހުން ދީފައިވެއެވެ. އެ ކޮމިޝަނުގެ މެންބަރުން ކަނޑައެޅީ ޓްރަމްޕެވެ. ކުރިން ދެއްކި ވާހަކައިގައި ޓްރަމްޕު ބުނީ ފައިސާ ފޮއްޗެއްގައި އޭނާގެ މޫނު ޖެހުމުގެ ޚިޔާލަކީ “ވަރަށް ތަފާތު” ކަމެއް ކަމަށާއި ނަމަވެސް އެކަމާ “ޝަރަފުވެރި” ވާކަމަށެވެ.

HajjCop_ads
Advertisement

ދިރިހުރި ރައީސެއްގެ ސޫރަ އެމެރިކާގެ ފައިސާގައި ޖެހުން ފެޑެރަލް ޤާނޫނުން މަނާކުރާތީ މި ފައިސާ ފޮއްޗަށް ބައެއް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެހެންނަމަވެސް ބައެއް ޙާލަތްތަކުގައި ޚާއްޞަ ފައިސާ ފޮތި ޖެހުމާއި ނެރުމުގެ ބާރު ޓްރެޝަރީ ސެކެޓަރީއަށް ލިބިފައިވެއެވެ.

ޓްރަމްޕުގެ ދެވަނަ ދައުރުގައި މިފަދަ ބައެއް އެހެން ބްރޭންޑިން ފިޔަވަޅުތައް ވެސް އަޅާފައިވާއިރު ކެނެޑީ ސެންޓަރާއި ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސްގައި ޓްރަމްޕުގެ ނަން ޖެހުމުގެ މައްސަލައިގައި ދައުވާތައް ކޯޓުގައި ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

25 ފައިސާ ފޮތީގެ ރޯލެއް 61 ޑޮލަރަށް އަދި 100 ފައިސާ ފޮތީގެ ބޭގެއް 154.50 ޑޮލަރަށް ލިބެން ހުރިއިރު ބައެއް ރޯލާއި ބޭގު ތެރޭގައި ޚާއްޞަ ފައިސާ ފޮތި ފޮރުވާފައިވާ ކަމަށް ޔޫއެސް މިންޓުން ބުނެފައިވެއެވެ. އެ ޚާއްޞަ ފޮތީގައި “ޖުލައި 4” ޖަހައިފައި ހުންނާނީ އެއީ މިނިވަންކަމުގެ އިޢުލާނުގެ އަހަރީ ދުވަހު ޖެހި ފޮތި ކަމަށް ވާތީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކޮންމެ ގެއަކުން މި ވަގުތަށް ގަނެވޭނީ ގިނަ ވެގެން ދެ އޯޑަރެވެ. ޔޫއެސް މިންޓުގެ ވެބްސައިޓުގައި ރޭ ޝާއިޢުކުރި ނޯޓެއްގައި ބުނެފައިވަނީ މި ފޮތި އޯޑަރު ކުރެވޭނެ ކަމަށާއި ނަމަވެސް މިހާރު ސްޓޮކުގައި ނެތް ކަމަށާއި އިތުރު ސްޓޮކް ތައްޔާރުކުރަމުންދާ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަމްދާނީ އަށް އަހަރެން އެއްބާރުލުން ދޭނަން: ޓްރަމްޕް

1536x864 cmsv2 2ae12e1b 48ff 5513 a16a 19aa9b765361 9442057

ކަމަލާއަށް ސީކްރެޓް ސާވިސް އިން ފޯރުކޮށްދެމުންދިޔަ ރައްކާތެރިކަން ކަނޑާލައިފި

ޓްރަމްޕް

ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ދެއްކި ވާހަކަތައް އިސްރާއީލުން ދޮގުކޮށްފި

Img 20250626 wa0176

އީރާނަށް ހަމަލާދިނުމަކީ ބަޔަކު ރުއްސަން ކުޅުނު ޑްރާމާއެއް، ޓްރަމްޕް ވާހަކަ ދައްކަނީ މާބޮޑުކޮށްލައިގެން: ޚާމަނާއީ