ސްޕެނިޝް ލަލީގާގައި އެންމެފަހުގެ ބާސެލޯނާ، ރަޔޯގެ މައްޗަށް ފަހަތުން އަރައި މޮޅުވެއްޖެއެވެ.
ރޭ ބާސެލޯނާ ދަނޑުގައި ރަޔޯ ވަޔެކާނޯއަތުން މޮޅުވީ 2-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އަލްވާރޯ ގާސިއާ ނަގައިދިން ހުރަހަކަށް އަރައި ސާޖިއޯ ކަމެލޯ ވަނީ ގޯލު ޖަހައި ރަޔޯ ވަޔެކާނޯއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ބާސެލޯނާއިން ފުރަތަމަ ހާފު ނިމުމުގެކުރިން ނަތީޖާ އަނބުރާލިއެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ރަޔޯ ވަޔެކާނޯގެ ކުޅުންތެރިން ނައްޓާފައި ތިރިން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ރަފީނިއާ ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭޣެ ތިންވަރަކަށް މިނެޓު ފަހުން ރަޔޯ ވަޔެކާނޯގެ ލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން ބާސެލޯނާއަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއެވެ.

ދެވަނަ ހާފްގެ ހަވަނަ މިނެޓުގައި ބާސަލޯނާގެ ލީޑު ފުޅާވީ ރަޔޯ ވަޔެކާނޯގެ ފްލޯރިއަން ލެޖުއިން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި 59 ވަނަ މިނެޓުގައި ކަމެލޯ ވަނީ ބޮލުން ގޯލެއް ޖަހައި ރަޔޯ ވަޔެކޯނާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ބާސެލޯނާގެ ރަފީނިއާ ވަނީ ކްހީލް އަކުން ގޯޑަން ދިން ބޯޅައަކުން ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ބާސެލޯނާގެ ފަހު ލަނޑު ޖަހަދިނީވެސް ލަމީން ޔަމާލްއެވެ. އެއީ ކަރީމް އަޑެޔޭމީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ. މިއީ ބާސެލޯނާ އަށް ޔަމާލް ޖަހައިދިން 51 ވަނަ ލަނޑެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ރެއާލް މެޑްރިޑާ އެއްވަރަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުންނެވެ. ދެވަނާގައި އޮތް ރެއާލަށް ވުރެ ފައިދާ ގޯލަށް ބަލާއިރު، ބާސެލޯނާގެ ދެ ލަނޑުއިތުރެވެ.










ކިޔުންތެރިންގެ ހިޔާލު