ތ. ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ތިމަރަފުށީގައި ގާއިމުކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ތަން މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިޢު އެވެ. އަދި ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް އެވެ.

މި މަޝްރޫއުގެ ދަށުން ތިމަރަފުށީ ފިޓްނަސް ސެންޓަރަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. މިއީ އެ ރަށުގެ ޒުވާނުންނާއި އާންމުން ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުވުމަށާއި ކުޅިވަރުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.










ކިޔުންތެރިންގެ ހިޔާލު