ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަލީގާގައި މަލާގާއަތުން ރެއާލަށް ފަސޭހަ މޮޅެއް

Getty
STO_Ads
Maldivian_Ads
TTH_Ads
Advertisement

ލަލީގާގައި ރޭ މަލާގާއާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ފަސޭހަ ކަމާއެކު 4-0 އިން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ރެއާލް މެޑްރިޑްއިންނެވެ. މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓް ހޯދާފައެވެ. ރެއާލް މެޑްރިޑުން މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ މެޗުގެ 19 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ރެއާލް މެޑްރިޑުން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 26 ވަނަ މިނިޓުގައި ރެއާލް މެޑްރިޑުން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަލްފޮންސޯ ހެރޭރޯ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 15 މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ފުރަތަމަ ހާފުގައި 3-0 އަށް ބަދަލުކޮށްފައެވެ.

HajjCop_ads
Advertisement

ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ވިނިޝިއަސް ޖޫނިއާ ދިން ޕާހަކުން އާޑާ ގުލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ހޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު އެ ޓީމު ލީގުގައި ކުޅުނު ތިންވަނަ މެޗެވެ. މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރެއާލް މެޑްރިޑަށް ކޯޗު ކޮށްދީ ކޮޕާ ޑެލްރޭގެ އިތުރުން ލަލީގާގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދަދީފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2202b988132fa96a6a648eab92fb890d

ސެވިއްޔާގެ މައްޗަށް އެތުލެޓިކޯއިން ކުރިހޯދައި، ލަލީގާ ތާވަލުގެ އެއްވަނަަށް

M9dl2g5 1 625x300 19 August

ރޮޑްރީ ގެންނަން ފަހުން މަސައްކަތްނުކުރީ އަހަރެމެނާމެދު ޝައްކުތަކެއް ހުރުމުން: މޮރީނިއޯ

ހަނިގޮތަކަށް މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ

ވަރުގަދަ ހިފުމަކަށްފަހު ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލަށް