ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިނިއުބަލް އަދި ސޯލާ އެނާޖީ ބޭނުން ކޮށްގެން ދެމެހެއްޓެނެވި ގޮތަކަށް ރާއްޖެއަށް ބޭނުންވާ ހަކަތަ އުފެއްދިދާނެ: ރައީސް

muiz
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރިނިއުބަލް އަދި ސޯލާ އެނާޖީ ބޭނުން ކޮށްގެން ދެމެހެއްޓެނެވި ގޮތަކަށް ރާއްޖެއަށް ބޭނުންވާ ހަކަތަ އުފެއްދިދާނެ ގޮތްތަކެއް ހޯދުމަށް ދިރާސާތައް ކުރުމަށް ސަރުކާރުން ތަރުހީބު ދޭން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ރޭ ގެނެސްދިން “ދަ ޕަލްސް” ޝޯގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސޯލާ އެނާޖީ ރާއްޖޭގައި ވަރަށް ފަސޭހައިން އުފެއްދޭނެ ކަމަށާއި، އެހެންވެގެން ސަރުކާރުން ވަނީ 2028 ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ 33 ޕަސެންޓް ހަކަތައަކީ ސޯލާ ހަކަތައަށް ހެދުމަށް އަމާޒު ކަނޑައަޅާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އެއީ ހަމައެކަނި ސޯލާ އެނާޖީއަށް ވެގެން ނުވާނެ ކަމަށާއި، ރިނުއުބަލް އެނާޖީ އެހެން ސެކްޓާތަކައްވެސް އިސްކަން ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ރާއްޖޭގަ އެބަޖެހޭ ރިސާޗުތައް ތަރުހީބު ދޭން ފަށަން. ރިސާޗް ޔުނިވާސިޓީ ލެވެލްގަވެސް އަދި އެހެން ގޮތްގޮތުން ބޭރުގެ ޔުނިވަސިޓީތަކުން ރާއްޖެ އައިސްގެންވެސް އެބަޖެހޭ މިހާރު ހާއްސަކޮށް ސަސްޓެއިނަބަލް ޑިވެލޮޕްމެންޓަށްޓަކާ އެ މަގުން ކުރަން ޖެހޭ އެކިކަހަލަ ހާއްސަކޮށް ރިނިއުބަލް އެނާޖީއަކަށް އެކި ކަހަލަ ރިސާޗުތައް ކުރެވެން. އެކްސްޕްލޯ ކުރީމަ އެނގޭނެ. ރާއްޖޭގަ މިއޮތީ 99 ޕަސަންޓް ކަނޑު. ކަނޑުގެ ބޭނުންކޮށްގެން، މޫދުގެ ބޭނުން ކޮށްގެން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބޭނުންވާ ވަރަށް އެނާޖީ ކްރިއޭޓް ކުރެވެން ވާނެ” ރައީސް

ރައީސް ވިދާޅުވީ ރަށްރަށުގެ ކަރަންޓު ނެޓްވޯކް އަދި އެއްކޮށް ނިމިފައިނުވާ ކަމަށެވެ. ސަރުކާރުން ވަނީ ރަށްރަށުގެ ސްކޫލްތަކުގައި އޭސީ ހަރުކޮށްފައި ކަމަށާއި، ސަރުކާރުން ނިންމާފައިވަނީ ސްކޫލްތަކުގެ ފުރާޅުގައި ސޯލާ ހަރުކޮށްގެން އޭސީތަކަށް ބޭނުންވާ ހަތަކަ އުފައްދަންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އިއްޔެ ފާހަގަކުރި ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ވަސީލަތްތައް ހިމެނޭގޮތަށް އިމާރާތެއް ކުރުމަށް ގަސްތު ކުރައްވާ ކަމަށެވެ.

“މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ، އެކިކަހަލަ ރިސާޗްތައް ކުރެވޭ، “ސްޓޭޓް އޮފްދަ އާޓްސް” އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް އިމާރާތެއް އެޅުމަށް ގަސްތުކުރަން، މި އިމާރާތުގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާ ކްރާފްޓް އަދި އެއޮރިޓިކަލް އިންޖިނިއަރިން، ރޮބޮޓިކްސް، އޭއައި ޑިޖިޓަލް އިންޖިނިއަރިން، މިހެންގޮސް އެކި އެކި އިންޖިނިއަރިން ދާއިރާތަކުން އެކްސްޕެރިމެންޓްތައް ހަދައި މި ދާއިރާއިން ކުރިއަށް ދިއުމަށް، އަދި މިދާއިރާގައި ކިޔެވުމަށް ބޭނުންވާ ހުރިހާ ކުދިންނާއި އަދި ރާއްޖޭން ބޭރުން ވެސް ރާއްޖެ އައިސް ތަހުލީލުތައް ކުރުމުގެ ފުރުސަތު ލިބޭ ފެންވަރުގެ އިމާރާތެއް ގާއިމުކުރަން ސަރުކާރުން ގަސްތުކުރަން،” ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ، މިކަމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމެންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެކަންކަން ކުރިއަށް ގެންދަވާނީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް