ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރިމިއަރ ލީގުގައި ފުރަތަަމަ ފަހަރަށް ޔުނައިޓެޑް މޮޅުވެއްޖެ

E6d66322 9d07 41c0 a705 a37cd2e340c8.png
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެެއެވެ. ޔުނައިޓެޑް މޮޅުވީ އިޕްސްވިޗް ޓައުންއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 5 ލަނޑު 2 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްވަނީ ހެޓްރިކެއް ހަދާފައެވެ. ނަމަވެސް މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ފުރަތަމަ 3 ލަނޑުވެސް ޖަހާފައިވަނީ އިޕްސްވިޗްގެ ކުޅުންތެރިންނަށް ހެދުނު ގޯހުގެ ސަބަބުންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ އިޕްސްވިޗް އިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އަބްދުލް ފަތާވޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލެއިފް ޑޭވިސްއެވެ. މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖަހާފައިވަނީ އިޕްސްވިޗްގެ މާސެލީނޯ ނޫނޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ފެނާންޑޭޒްއެވެ. މިމެޗުގައި ޔުނައިޓެޑުން ލީޑު ނަގާފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ނަމަވެސް މިލަނޑަކީ އިޕްސްވިޗްގެ ޖޭކޮބް ގްރީވްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިލަނޑު އިޕްސްވިޗް ކޮޅަށް ވަދެފައިވަނީ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މެގުއަޔަރ ގޯލަށް ފޮނުވާލި ހަމަލާއެއް ބޭރަށް ދަނިކޮށް ގްރީވްސް ގައިގާ ޖެހިފަ ގޯލަށް އަމާޒުވުމުންނެވެ. އަދި މެގުއަޔަރ ބޯޅަ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހުމާއި ގުޅިގެން އިޕްސްވިޗް އިން އެކަމާއި މައްސަލަ ޖެއްސި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެލަނޑު ބަލައިގެންފައިވަނީ މިހާރުގެ ހޭންޑްބޯލް ގަވައިދު ބުނާގޮތުން އިދިކޮޅު ކުޅުންތެރިއެއްގެ އަތުގައި ގަސްތުގައި ނޫންގޮތަކަށް ބެހޭ ބޯޅަ ބައިކުޅުންތެރިއެއްގެ އަތުން ގޯލަށް ބަދެއްޖެނަމަ އެއީ ލަނޑަކަށް ވާގޮތަށް އޮތުމުންނެވެ.

HajjCop_ads
Advertisement

މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނީ ފެނާންޑޭޒްއެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ފެނާންޑޭޒްވަނީ އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މިއީ ޔުނައިޓެޑްގެ ކެރިއަރުގައި ފެނާންޑެޒް ހެދި 3 ވަނަ ހެޓްރިކެވެ. މިމެޗުގައި ޔުނައިޓެޑްގެ ފަހު ލަނޑު ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ބްރަޔަން އެމްބެއުމޯއެވެ. މިމެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ޑިފަންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އިޕްސްވިޗުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗޫބާ އަކްޕޮމްއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ މިފަހަރު ލީގުގައި ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަންކަން އާސެނަލް ހޯދައިފި

Skysports Marcus Rashford Aston Villa 6818081

މާކަސް ރެޝްފޯޑްގެ ސީޒަން ޓްރާންސްފަރ، އެސްޓަން ވިލާއިން މެންޗެސްޓަރ އަށް