ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިންސް ސްޓްރީމް އިހްތިޔާރުކުރާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަކީ ގައުމަށް ނުހަނު ބޭނުންތެރި ކަމެއް: ރައީސް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ސައިންސް ސްޓްރީމް އިހްތިޔާރުކުރާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަކީ ގައުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ އެކު އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ބައްދަލުވުމުގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރީގެ ދާއިރާއަކީ މުހިންމު ދާއިރާއަކަށްވީ ނަމަވެސް، މިހާރު ރާއްޖޭގައި ސައިންސާއި ބިޒްނަސް ސްޓްރީމް ކިޔަވާ ދަރިވަރުންގެ މެދުގައި ބޮޑު ފަރަގެއް އެބައޮތެވެ. މި ނާ އެއްވަރުކަން ނައްތާލުމަށްޓަކައި، ގްރޭޑް އަށެއް އަދި ނުވައެއްގެ މަރުޙަލާގައި ވީހާވެސް ގިނަ ދަރިވަރުން ސައިންސްގެ ރޮނގު ހިޔާރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކަށް ހިސާބު އިލްމު ކޮންމެހެން ބޭނުންވާތީ، ސާނަވީ އަދި މަތީ ސާނަވީގައި ހިސާބު މާއްދާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ސައިންސް ކިޔަވައިދޭނެ ފެންވަރު ރަނގަޅު ޓީޗަރުން ތަމްރީނުކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ކިޔެވުމުގައި ހިސާބު އިލްމުގެ މުހިއްމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އެއްގޮތަކަށް ވެސް އޭގެ މާނައެއް ނޫން ބިޒްނަސް ސްޓްރީމް ޗޫސް ނުކުރާކަށް. އިޓް އިޒް އިމްޕޯޓެންޓް. އެކަމަކު އިމްބެލެންސަކަށް ދާތީ މިއުޅެނީ. އިމްބެލެންސަކަށް ދަނީ ސައެންސް ބޭސް ދާއިރާތަކަށް ދިވެހި ނުދާތީ މާބޮޑަށް މަދުވާތީ،” ރައީސް ވިދާޅުވިއެވެ.

އިންޖިނިއަރިންގެ އެކި ދާއިރާތަކުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގިނަކަން ފާހަގަކުރައްވަމުން އެ ދާއިރާތަކަށް ދިވެހި އިންޖިނިއަރުން ތަމްރީނުވެގެން ނުކުތުމުގެ ބޭނުންތެރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ބަލާއިރު އިންޖިނިއަރިންގެ ހުރިހާ ދާއިރާއަކުން ވެސް ދިވެހި ފަންނުވެރިންގެ ބޭނުން ބޮޑުވެފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ހާއްސަކޮށް ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމަށް ކޯސްޓަލް އިންޖިނިއަރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މިވަގުތު މި ދާއިރާތަކުގައި ބޭރުގެ މީހުން ގިނަކަން ފާހަގަކުރައްވައި، އެ ފުރުސަތުތަކަށް ދިވެހިން ނެރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ރިނިއުބަލް އަދި ސޯލާ އެނާޖީ ބޭނުން ކޮށްގެން ދެމެހެއްޓެނެވި ގޮތަކަށް ރާއްޖެއަށް ބޭނުންވާ ހަކަތަ އުފެއްދިދާނެ: ރައީސް

Main 20260830

ތިލަމާލެ ބްރިޖުން ރައީސް ހިންގަވާފައި މާލެއިން ވިލިމާލެއަށް

Original

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖް މަސައްކަތް އެއްކޮށް ނިންމާލުން : ރައީސް

Muiz

އިންޖިނިއަރިންގެ ދާއިރަތަކުން ތަހުލީލުތައް ކުރެވޭ ލެބޯޓްރީ ފެސިލިޓީއެއް ޤާއިމުކުރުމަށް ގަސްތުކުރަން: ރައީސް