ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތީ އަރުތަވެރިންގެ އިނާމު 2025: ފަސްވަނަ ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، “މަތީ އަރުތަވެރިންގެ އިނާމު 2025″ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން- ހުޅުމާލޭގައި މިރޭ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ވަނީ، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން “ހައި އެޗީވްމަންޓް އެވޯޑު” ހޯދި ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން “އައުޓްސްޓޭންޑިންގ ޕިއަރސަން އެވޯޑް” އަދި މަތީ ޘާނަވީ އިމްތިޙާނުން “އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނަރ އެވޯޑް” އާއި “ހައި އެޗީވަރޒް ސްކޮލަރޝިޕް” ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރައްވާފައެވެ. މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

HajjCop_ads
Advertisement

ތަޢުލީމާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، ތަޢުލީމީ އަދި ފަންނީ ޒުވާނުން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުމަކީ، މި ޤައުމުގެ ދުރު ރާސްތާގެ ތަރައްޤީއަށް މި ސަރުކާރުން ކުރާ ތަސައްވުރުގެ މުހިންމު އަމާޒެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް

ރައީސުލްޖުމްހޫރިއްޔާ، ނޯވޭގެ އައު ރަސްގެފާނަށް ތަހުނިޔާ ފޮނުއްވައިފި

muiz

އެކްސިޑެންޓްތަކާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ ކުރަން ޖެހިފައިވާ ޤައުމީ މަސައްކަތެއް: ރައީސް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ދައުލަތަށް ނަގާނީ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި: ރައީސް