ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނަމާލެ ބްރިޖަކީ އިންޖިނިއަރުންގެ ނުގުޑާ އަޒުމުގެ ހެއްކެއް: މުއްތަލިބް

Resorts
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ބިނާކުރި ސިނަމާލެ ބްރިޖަކީ އެ މަޝްރޫއުގައި މަސައްކަތް ކުރި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއް ކަމަށް ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުމާއި ގައުމީ އިންޖިނިއަރިން ދުވަހާ ގުޅިގެން އިޖުތިމާއީ މީޑިއާ މަންސަ “އެކްސް” ގައި ކުރެއްވި ހާއްސަ ޕޯސްޓެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ ބްރިޖު މަޝްރޫއުގެ އެންމެ ފުރަތަމަ މަރުހަލާ ކަމަށްވާ ފީސިބިލިޓީ ސްޓަޑީޒް ހެދުމާއި ސާވޭ ކުރުމާއި ޑިޒައިން ރިވިއު އަދި އަމަލީ މަސައްކަތުގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމީ ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި އެ މަޝްރޫއު ނުނިންމޭނެ ކަމަށް ބުނެ އޭރު ގިނަ ބަޔަކު ކުރި ޝައްކުތަކާއި މަލާމާތް އަދިވެސް ހަނދާނުގައި ހުރި ކަމަށް ވިދާޅުވިއެވެ.

ކަނޑު ހުރަސްކޮށް ބުރިޖެއް އެޅުމަކީ ނުވާނެ ކަމެއް ކަމަށް ބުނަމުން ދަނިކޮށް، ކަނޑައެޅި ބަޖެޓުގެ ތެރެއިން އަދި ޝެޑިއުލަށްވުރެ ވެސް ކުރިން އެ މަސައްކަތް ނިންމާލެވުނީ އިންޖިނިއަރުންގެ މިންނެތް މަސައްކަތާއި ޕްރޮފެޝަނަލިޒަމްގެ ސަބަބުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އޮގަސްޓް 30 ވަނަ ދުވަސް ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅީ ވަކި ހާއްސަ ބިނާއެއް ފާހަގަކުރުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލު ބިނާވެފައިވާ މި މުހިންމު ދާއިރާގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެހައި އިންޖިނިއަރުންނަށް ދުވަހުގެ ތަހުނިޔާ ވަނީ ފޮނުއްވައިފައެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 30 އޮގަސްޓް 2018 ގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްދިޔައިރު، ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މުއްތަލިބަކީ އެމަނިކުފާނުގެ ދަށުން މަސައްކަތް ކުރެއްވި ސްޓޭޓް މިނިސްޓަރެކެވެ.

ދިގުމިނުގައި 1.38 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ ސިނަމާލެ ބުރިޖަކީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ދެ ލޭނާއި ސައިކަލު ދުއްވުމަށް ވަކި ލޭނެއް ހިމެނޭހެން ފަރުމާކޮށްފައިވާ ޒަމާނީ ބުރިޖެކެވެ. މި މަޝްރޫއަށް ޖުމްލަ 300 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 170 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން ދިވެހި ދަޢުލަތުގެ ބަޖެޓުން ހަރަދުކުރި 30 މިލިއަން ޑޮލަރެވެ.

މި ބުރިޖަކީ މާލެ ސަރަޙައްދުގެ ދަތުރުފަތުރަށާއި އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދިން، ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވުނު ބިޔަ މަޝްރޫއެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އައްޑޫ ލިންކް ރޯޑު ހަލާކުވެގެން ދިޔައިރު އިސްކަން ނުދިނީ ކީއްވެގެންތޯ ސުވާލުކުރައްވައި މިނިސްޓަރު މުއްޠަލިބް ފާޑުވިދާޅުވެއްޖެ

Qw

ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަނީ

788

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލު އަމާޒުވި ވަޒީރަކީ ހައުސިން މިނިސްޓަރު

Minister Muthalib

އައު ހައުސިން މަޝްރޫޢުތަކާއެކު ބޯހިޔާވަހިކަމަށް އޮތް ކިޔު ކުޑަވާނެ: ޑރ. މުއްތަލިބު