ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާކޯލާ 123 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވަނީ

Reuters 6a92b7e1
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅޭ ފަރަންސޭސި ފޯވަޑް ބްރެޑްލީ ބާކޯލާ 123 މިލިޔަން ޕައުންޑަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ގެންދިއުމަށް އެއްބަސްވުމަކަށް އައިއްސިއެވެ.

އިނގިރޭސި މީޑިއާތަކުން ބުނެފައިވަނީ 20 ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައިވާ ލިވަޕޫލުންވަނީ 106 މިލިޔަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގެ އިތުރުން އެހެނިހެން ބައިތަކުގެ ގޮތުގައި އިތުރު 17 މިލިޔަން ޕީއެސްޖީއަށް ދިނުމަށް އެއްބަސްވެފައިކަމަށެވެ. އަދި ދިއެތުލެޓިކްއިން ރިޕޯޓް ކުރާ ގޮތުގައި ބާކޯލާ ލިވަޕޫލާއި އެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.

ފަބްރީޒިއޯ ރޮމާނޯ ބުނާގޮތުގައި ބާކޯލާ މިރޭގެ ވަގުތެއްގައި ލިވަޕޫލްގެ މެޑިކަލް ހެދުމަށްވަނީ ހަމަޖެހިފައެވެ. މިއާއެކު އުމުރުން 23 އަހަރުގެ ބާކޯލާ ވެގެންދާނީ އަންޑޯނީ އަރައޯލާގެ ސްކޮޑަށް އިތުރުވެގެންދާ ފަހުގެ އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔާ އަށެވެ.

HajjCop_ads
Advertisement

2023 ވަނަ އަހަރު އޮލިމްޕިކް ލިއޯން އިން ޕީއެސްޖީޢަށް ބަދަލުވި ބާކޯލާވަނީ އެޓީމުގައި ކާމިޔާބު ތިން ސީޒަން ހޭދަކޮށްފައެވެ. ޖެހިޖެހިގެން ދެސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ލީގު އާންގެ ތަށި ތިން ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އަދި ފެރްންޗް ކަޕް 2 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އޭނާ ވަނީ ޕީއެސްޖީއަށް 152 މެޗު ކުޅެދީ 39 ލަނޑު ޖަހައިދީ 37 އެސިސްޓް ކޮށްފައެވެ. ޕީއެސްޖީ އާއެކު ބާކޯލާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގައި ބާކޯލާވަނީ ފަރަންސޭސިވިލާތަށް މޮޅު ކުޅުމެއް ދައްކާދީ އެޓީމު ސެމީ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބާކޯލާ ވެގެންދާނީ މިސީޒަނަށް ލިވަޕޫލަށް ގެންދާ 4 ވަނަ ކުޅުންތެރިޔާ އަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bradley barcola lask hat trick

ބާކޯލާގެ ހެޓްރިކާއެކު ލިވަޕޫލަށް ފަސޭހަ މޮޅެއް

Getty 6988d54ace

ސިޓީން ލިވަފޫލް 3-0 އިން ބަލިކޮށްފި

8b93d24fb204f92759ec4817c9af7f00

ބޯންމަތު އަތުން ލިވަޕޫލަށް މޮޅެއް

2026 09 15 Liverpool v Tottenham 066 820x547

ލިވަޕޫލް އަތުން ބަލިވެ ޓޮޓްނަމް ލީގު ކަޕުން ކަޓައިފި