ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓެއްގެ ތެރޭގައި އިން މީހަކު، އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ރޭ ހިއްސާކުރި މެސެޖެއްގައި ބުނީ، ފްލައިޓެއްގެ ތެރޭގައި މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގެ ތެރެއިން ކަމަށެވެ.

ސޯޝަލް މީޑިއާއިން މިކަން ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން، މި ހާދިސާ ހިނގާފައިވަނީ ކޮން އެއާލައިނެއްގެ ކޮން ފްލައިޓެއްގައި ކަމެއް ފުލުހުންގެ މެސެޖުން ސާފެއް ނުވެއެވެ.

އޭގެ އިތުރުން، އެއީ ކޮން ޖިންސެއްގެ ދެމެދުގައި ހިނގައިދިޔަ ކަމެއް ކަންވެސް އަދި ސާފުވެފައެއް ނުވެއެވެ.