ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ރީޖަން 4 ގެ ހަރަކާތްތައް ގއ. ވިލިނގިލީގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ހުވަދު އަތޮޅުގެ ސްޕޯޓްސް ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ގއ. އަދި ގދ. އަތޮޅު ހިމެނޭހެން ޖުމްލަ 45 ސްޕޯޓްސް ކައުންސިލަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މިއަދު ހެނދުނު މި ޕްރޮގްރާމް ފަށާފައިވަނީ ޕީޓީ ކޮމާންޑުތަކާއި ފެނުގެ ކަސްރަތުތަކުގެ ސެޝަންތަކަކުންނެވެ. މީގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް އަމަލީ ތަޖުރިބާ އާއި ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދިނުން ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހަށިހެޔޮރާއްޖެ ޕުރޮގުރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޕޮރުގުރާމެކެވެ. މިއީ މި އަހަރުގެ ތެރޭގައި ބޭއްވޭ ހަށިހެޔޮރާއްޖެ ސިލްސިލާގެ ތިންވަނަ ޕުރޮގުރާމެވެ.










ކިޔުންތެރިންގެ ހިޔާލު