ޅ. ފެލިވަރުގައި ގާއިމްކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މި އަހަރުގެ މަސްވެރިންގެ ދުވަހަަަށް ނިންމަން ސަރުކާރުން އަމާޒު ހިފައިފިއެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ގާތްގަނޑަކަށް 22 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަސައްކަތް 18 ޖެނުއަރީ 2023 ގައި ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ފެލިވަރުގައި އަލަށް ގާއިމުކުރާ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ބައްލަވާލައްވައިފައެވެ. ވަޒީރުގެ މިދަތުރުފުޅުގައި އިންޑިޔާ ހައިކޮމިޝަނަރު ޝްރީ ޖީ. ބާލަސުބްރަމާނިޔަން އަދި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްވެސް ބައިބެރިވެ ވަޑައިގެންނެވިއެވެ.

ފެލިވަރުގައި ގާއިމްކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަަަށް ނިންމަން ސަރުކާރުން ވަނީ ނިންމައިފައި
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފެލިވަރުގައި ކުރިޔަށް ގެންދެވޭ މިމަޝްރޫޢަކީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރިޔަށް ގެންދެވޭ ޢުމްރާނީ ތަރައްގީގެ މުހިއްމު މަޝްރޫއެއް ކަމަށެވެ.
“ސަރުކާރުގެ އަމާޒަކީ މިމަޝްރޫއުގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމާ މަސްވެރިންނަށް ހިދުމަތްދޭން ފެށުން،”.މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ކެޕޭސިޓީއާ 200 ޓަނުގެ ބްރައިން ފްރީޒިން ސިސްޓަމް އާއި 80 ޓަނުގެ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމުކުރެވޭނެއެވެ.
ފެލިވަރުގައި ގާއިމްކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަަަށް ނިންމަން ސަރުކާރުން ވަނީ ނިންމައިފައި
މިފްކޯއިން ފާހަގަކުރި ގޮތުގައި މި އައު ވަސީލަތްތަކާއެކު، ފެލިވަރަށް ދުވާލެއްގެ މައްޗަށް ކިރޭ މަހުގެ މިންވަރު 280 ޓަނަށް އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން، އުތުރުގެ މަސްވެރިން މަސްކިރުމަށް ޓަކައި ކޫއްޑޫއަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ތެލަށް ކުރާ ހޭދަ ވެސް ބޮޑުތަނުން ސަލާމަތް ކުރެވޭނެއެވެ.










ކިޔުންތެރިންގެ ހިޔާލު