ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރުކޮޅު ހިމާޔަތްކޮށް ބަލަހައްޓަން ޚާއްސަ އުޅަނދެއް އެސަރަޙައްދަށް ގެންގޮސްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ށ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ޤުދުރަތީ ޚާއްޞަ ސަރަޙައްދެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމުގެ މަސައްކަތަށް ޚާއްޞަ އުޅަނދެއް އެސަރަޙައްދަށް ގެންގޮސްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަރުކޮޅު ރޭންޖަރ އުޅަނދަކީ އެވުޒާރާގެ “ކެޓަނޭޓް” ޕްރޮޖެކްޓު ދަށުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ، ޖީއީއެފްގެ މާލީ އެހީއާއި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ، އައިޔޫސީއެންގެ އެހީގައި ގެނެސްފައިވާ އުޅަނދެއްކަމަށެވެ.

މިއުޅަނދަކީ ށ. ފަރުކޮޅުގެ ނާޒުކު ތިމާވެށްޓާއި ދިރުންތައް ޙިމާޔަތްކޮށް، އެ ސަރަޙައްދު ޤަވާޢިދުން ބަލަހައްޓައި މޮނިޓަރ ކުރުމަށް ގެނައި އުޅަނދެކެވެ. މިއުޅަނދު ލިބުމާއެކު، ތަމްރީނު ލިބިފައިވާ ޚާއްޞަ ރޭންޖަރުންގެ ޓީމަކުން އެ ސަރަޙައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

HajjCop_ads
Advertisement

ރާއްޖޭގައި މިހާތަނަށް ޙިމާޔަތްކޮށްފައިވާ 90 އަށްވުރެ ގިނަ ސަރަޙައްދު އޮތްއިރު، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ރޭންޖަރުން ބޭނުންވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ބޭސިކް ރޭންޖަރސް ކޯހެއްވެސްވަނީ ހިންގާފައެވެ.

ރޭންޖަރުން ތަމްރީނު ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިއަހަރު ނިމުމުގެ ކުރިން ރޭންޖަރުންގެ އަދަދު ދެގުނަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މި މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުން ހޯދަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކޮންމެ ކައުންސިލެއްގައި ރޭންޖަރަކު ބެހެއްޓޭނެ ގޮތަށް ބަޖެޓު ހަމަޖައްސައި، ތަމްރީނު ދިނުމުގެ އިންތިޒާމުތައް ރާވަމުން އަންނަ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރަށް ބަލަހައްޓައި، އެތަންތަނުން އިޤްތިޞާދީ ގޮތުން ނަފާ ހޯދުމަށް ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ތިމާވެށްޓަށް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި އުޞޫލުން މިސަރަޙައްދުތައް ބަލަހައްޓައި، ފަތުރުވެރިންނަށް ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، އެ ސަރަޙައްދުތަކުން އެދެވޭ ނަފާ ލިބެން ފަށާނެ ކަމަށް ސަރުކާރުން ދެކެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRTVNnJXsAI2DUY

ޤައުމީ ޔުނިވަރސިޓީގެ ފޮތް މަޢުރަޒު ފަށައިފި

އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމް ކުރިއަށް ގެންދަވައިފި

މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

Big 8m9SAh38lflJCJNUdNTv2SX27

ރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފި