ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ

WhatsApp Image 2026 08 23 at 17.36.56
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޅ.  ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި 44.8 ހެކްޓަރުގެ ބިން ހިއްކައި ނިންމާލުމަށްފަހު، ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަނީ ކުރަމުންނެވެ.

މި މަޝްރޫޢަކީ ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަގުސަދުގައި ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނައިފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ބިން ހިއްކުމުގެ ބައި ވަނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އަވަހަށް ނިންމާލާފައެވެ.

HajjCop_ads
Advertisement

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ލުމުގެ އިތުރުން 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ. މިހާރު އަންނަނީ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުންނެވެ.

މީގެ އިތުރުން، ނައިފަރު ބަނދަރު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމަކީ އެ ރަށުގެ އާބާދީއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްޤީއަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 19MIlWBpuBiDhBq3HHRcddeCA

މާފުށީ ބަނދަރުގައި މިހާރު ކުރިއަށްދަނީ ބޮޑުހިލަ ޖެހުމުގެ މަސައްކަތް

WhatsApp Image 2026 08 23 at 10.07.39

ނައިވާދޫ ސުކޫލް މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ނިމުނު އަހަރު އެމްޓީސީސީއަށް 2.1 ބިލިއަނުގެ އާމްދަނީއެއް

mtcc

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާ 69 މިލިއަން ރުފިޔާއަށް އަރައިފި