ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް 20،000 ލީޓަރުގެ ތާންގިއެއް ބަހައްޓަނީ

88887
Maldivian_Ads
STO_Ads
TTH_Ads
Advertisement

މާލޭގެ ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އަންނަ އަހަރުގެ ޕީކް ސީޒަނަށް މާލޭގައި 20،000 ލީޓަރުގެ ފެން ތާންގިއެއް ބަހައްޓަން ނިންމާފައިވާ ކަމަށް މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަހުމީ ވަނީ އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަސައްކަތްތަކާއި ކުރިއަށް އޮތް މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރައްވައިފައެވެ.

ފަހުމީ ވިދާޅުވި ގޮތުގައި މާލޭގައި ބަހައްޓާ 20،000 ލީޓަރުގެ ތާންގީ ވެގެންދާނީ ރާއްޖޭގައި ބަހައްޓާ އެންމެ އުސް އެއް ތާންގީ އަށެވެ. އެ ތާންގީ ބަހައްޓަން ނިންމާފައިވަނީ ކުރީގެ 30 އަހަރުވީ ބޯފެން ރައްކާކުރާ ތާންގީ ހުރި ބިމުގައެވެ.

HajjCop_ads
Advertisement

މި ތާންގިއަކީ ގާތްގަނޑަކަށް 7 ބުރި ނުވަތަ 10 ބުރީގެ އިމާރާތެއްގެ އުސްމިނުގައި ބެހެއްޓޭ ވަރުގެ ބިޔަ ތާންގިއެކެވެ. ދެ ތާންގީގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާއިރު، އެއް ތާންގީ އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެއެވެ.

މަޝްރޫއުގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހާ ހަމައަށް އެއް ތާންގީގެ މަސައްކަތް ނިންމާލުމެވެ. މިއާއެކު މާލޭގެ ފެނުގެ ހިދުމަތަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މިހާރު މާލޭގައި ހުރި ފެން ރައްކާކުރާ ސްޓޯރޭޖުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 10،000 އަކަފޫޓެވެ. ދެވަނަ ތާންގީގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ނިންމުމަށް ވަނީ ރޭވިފައެވެ.

އަލަށް ބަހައްޓާ ތާންގިތަކާއެކު ފެން އުފައްދާ މެޝިންތައް ހިންގަންޖެހޭ ވަގުތު ކުޑަވެ، ކުންފުނީގެ ހަރަދުތައް ކުޑަކުރެވޭނެއެވެ. މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކުރުމަށް ހުޅުމާލޭގައި 10،000 ޓަނުގެ ތާންގިއެއް ބަހައްޓައި 2025 ވަނަ އަހަރުގެ އޮގަސްޓް 17 ގައި ވަނީ ބޭނުންކުރަން ފަށައިފައެވެ.

މީގެއިތުރުން މާލޭގައި 13،000 ޓަނުގެ ފެން ރައްކާކުރެވޭ ދެ ތާންގީ ބެހެއްޓުމަށް ބޭނުންވާ ސާމާނުވެސް އެމްޑަބްލިޔުއެސްސީން ވަނީ ރާއްޖެ ގެނެސްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ChatGPT Image Aug 22, 2026, 01 31 23 PM

މާލެ ސަރަހައްދުގައި ބިމުގެ ދަތިކަން އުޅޭތީ ކަނޑުގެ އަޑީގައި ފެން ޕްލާންޓެއް ބެހެއްޓުމުގެ ދިރާސާ ފަށައިފި

MWSC

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމާ ކެއާ ސެންޓަރުގެ އައު ހޮޓްލައިން ނަންބަރު 1575 ތައާރަފްކޮށްފި

MNDF

އެމްޑަބްލިޔުއެސްސީގެ އިސްވެރިންނަށް ޚާއްޞަ ލީޑާޝިޕް ވޯކްޝޮޕެއް ގިރިފުށީގައި އެމްއެންޑީއެފުން ބާއްވައިފި

MWSC

ފެން ހޮޅިތަކުން ދިމާވާ ކުދި ލީކުތައް އަވަހަށް ރަނގަޅުކުރުމަށް އެމްޑަބްލިޔުއެސްސީން އިލްތިމާސްކޮށްފި