ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުދަލު ޒަކާތުގެ ގޮތުގައި އިތުރު 23.3 މިލިއަން ރުފިޔާ ލިބުމާއެކު %31 ގެ ކުރިއެރުމެއް

mudalu zakaai
TTH_Ads
STO_Ads
Advertisement

މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިބުނު ފައިސާ 31 އިންސައްތަ އިތުރުވެފައިވާކަން އެ އިދާރާއިން އާއްމުކުރި މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަހަކު އެއްފަހަރު އެ އިދާރާއިން ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބުތައް އާއްމުކުރާއިރު ޖުލައި މަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އިތުރުވެފައިވެއެވެ.

އެ ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 12.07 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 5.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި އިންސައްތައިން ބަލާނަމަ އެއީ 43.3 އިންސައްތައިގެ އިތުރުވުމެކެވެ.

HajjCop_ads
Advertisement

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވިއިރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިސާއާ އަޅާބަލާއިރު 31 އިންސައްތަ އިތުރުވެފައިވެއެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 73.6 މިލިއަން ރުފިޔާއެވެ. އަދި 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 73.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 23.4 މިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ.

އަދި މުދަލު ޒަކާތުގެ ގޮތުގައި ބޭރުފައިސާއިން ލިބުނު އާމްދަނީވެސް ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރެވެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ހަތް މަހު ބޭރުފައިސާއިން މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 4،184 ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 33،388 ޑޮލަރަށްް އިތުރުވެފައެވެ. އިންސައްތައިން ބަލާނަމަ އެއީ 697 އިންސައްތައިގެ އިތުރުވުމެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރުވެފައިވާއިރު، އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީވެސް ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ. ނިމުނު އަހަރު 20.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޖުލައި މަހުގެ ނިޔަލަށް ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 2.28 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހަލީމް އާއި އަމީޒާގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފި

Zakaath

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް