ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޯގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ

zakaathu house
TTH_Ads
STO_Ads
Maldivian_Ads
Advertisement

އަހަރުގެ އޯގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 27 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ އޮގަސްޓުމަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ހަތް މިލިޔަން ރުފިޔާ ލިބިފަވެއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓުމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު އަށް މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 104،465،702 (ސަތޭކަ ހަތަރު މިލިއަން ހަތަރު ލައްކަ ފަސްދޮޅަށް ފަސް ހާސް ހަތް ސަތޭކަ ދެ) ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 82،163،911 (އަށްޑިހަ ދެ މިލިއަން އެއް ލައްކަ ފަސްދޮޅަށް ތިން ހާސް ނުވަ ސަތޭކަ އެގާރަ) ރުފިޔާގައެވެ. އެހެންކަމުން މިއީ 27 އިންސައްތަ އިތުރު އަދަދެކެވެ.

HajjCop_ads
Advertisement

ހުސްބި އޯގަސްޓުމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19،266.10 ރުފިޔާއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު އެވެ. އެހެންކަމުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިންނެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެކެވެ. އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 497 މިލިޔަން ރުފިޔާ ހޯދައިފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 6.2 އިންސައްތަ އިތުރުވެއްޖެ

MMA

ބޭރު ފައިސާއިން ލިބޭ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު ހިއްސާކުރުން ލާޒިމުކޮށް ގަވާއިދު ބަދަލުކޮށްފި

mma

ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުން އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ