މިއަހަރުގެ މިހާތަނަށް ރާއްޖެ އައިފަތުރުވެިންގެ ތެރެއިން ގެސްޓުހައުސްތަކުގައި ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އަހަރުގެ މިހާތަނަށް 1,379,151 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1,435,661 ފަތުރުވެރިންނާ އަޅާ ބަލާއިރު %3.9 ދަށް އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 992,462 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 300,469 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 31,723 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 25,207 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިޝްތިހާރު އިޝްތިހާރު

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:

  1. ޗައިނާ - 250,437 ފަތުރުވެރިން
  2. ރަޝިއާ - 198,748 ފަތުރުވެރިން
  3. އިނގިރޭސިވިލާތް - 105,785 ފަތުރުވެރިން

ރާއްޖޭގައި މިހާރު 20 އަތޮޅުގައި 116 ގެސްޓުހައުސް ދަނީ ހިންގަމުންނެވެ. އެއީ 17،000އަށްވުރެ ގިނަ އެނދެވެ.