ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގދ. ގައްދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އާރްޑީސީން ފަށައިފިއެވެ.

މި މަޝްރޫޢަކީ ގައްދޫގެ ކުޅިވަރާއި ފިޓްނަސްގެ ވަސީލަތްތައް ހަރުދަނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާއިރު، ރޫފް ބީމް ޝަޓަރިންގ ނިމުމުން ދެން ކުރިއަށްދާނީ ފުރާޅުގެ އިންފްރާސްޓްރަކްޗަރ އަދި ކޮންކްރީޓް އެޅުމުގެ މަރުޙަލާއެވެ.

އިޝްތިހާރު އިޝްތިހާރު

މި ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމުމުން ގައްދޫގެ ޒުވާނުންނަށާއި އާންމުންނަށް ކަސްރަތުކުރުމާއި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ޒަމާނީ ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގައި މިފަދަ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.