ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާސާއިން ރޮޑްރީ އާންމުކޮށް ދައްކާލައިފި

Big mX3zHfspokOZXLlMn7w7etivM (1)
TTH_Ads
STO_Ads
Advertisement

ނިމިދިޔަ ވޯލްޑު ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފްހޯދި ސްޕެއިންގެ ކެޕްޓަން ރޮޑްރީ، ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ސޮއިކޮށް، އެޓީމުން އާންމުކޮށް ދައްކާލައިފިއެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ ރޮޑްރީ ބާސާއާއެކުވަނީ 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އުމުރުން 30 އަހަރުގެ ރޮޑްރީ ބާސާއަށް ސޮއިކޮށްފައިވަނީ 65.4 މިލިއަން ޕައުންޑްގެ އަގަކަށެވެ. 2023 ވަނަ އަހަރާ ހަމައަށް ރޮޑްރީ އެޓީމުގައި މަޑުކުރާނެއެވެ. ރޮޑްރީ ހޯދުމަށް ބާސާގެ އެންމެ ބޮޑު ވާދަވެރި ކަމަށްވާ ރެއާލް މެޑްރިޑުންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ރޮޑްރީ ނިންމީ ބާސާއާއި ގުޅުމަށެވެ. މިއާއެކު މިދިޔަ ސީޒަންގައި ސިޓީގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިން މިވަނީ ސްޕެއިންގެ ވަރުގަދަ ދެޓީމާއި ގުޅިފައެވެ.

ރޮޑްރީގެ ކުރިން، ސިޓީގެ ކެޕްޓަން ބެނާޑޯ ސިލްވަރވަނީ ރެއާލް އާއި ގުޅިފައެވެ.

HajjCop_ads
Advertisement

ވޯލްޑް ކަޕަށްފަހު ކުޑަ އޮޕަރޭޝަނެއް ކޮށްފައިވުމުގެ ސަބަބުން ސީޒަންގެ ކުރީކޮޅު ރޮޑްރީ ކުޅޭތަން ފެނިގެނެއް ނުދާނެއެވެ. 2024 ވަނަ އަހަރު ބެލޮން ޑިއޯ ކާމިޔާބު ކުރުމުގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިން އާއެކު ކާމިޔާބު ކޮށްފައިވާ ރޮޑްރީވަނީ މިފަހަރުގެ ވޯލްޑް ކަޕް ސްޕެއިންގެ ކެޕްޓަންގެ ހައިސިއްޔަތުން އުފުލާލުމުގެ އިތުރުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

2019 ވަނަ އަހަރު ލަލީގާގެ އެޓްލެޓިކޯ މެޑްރިޑުން ސިޓީ އާއި ގުޅުނު ރޮޑްރީ އެޓީމުގައި ހޭދަކުރި 6 ސީޒަންގައި އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ. މީގެތެރޭގައި ޕްރިމިއަރ ލީގު 4 ފަހަރު، ޗެމްޕިއަންސް ލީގު އެއްފަހަރު، އެފް އޭ ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

M9dl2g5 1 625x300 19 August

ރޮޑްރީ ގެންނަން ފަހުން މަސައްކަތްނުކުރީ އަހަރެމެނާމެދު ޝައްކުތަކެއް ހުރުމުން: މޮރީނިއޯ

WhatsApp Image 2026 08 16 at 22.55.30

ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުންދަނިކޮށް ބޯޓު ވެއްޓި އަނިޔާވި ދިވެހި ދަރިވަރުގެ އޮޕަރޭޝަނެއް ކޮށްފި

ސްޕެއިންގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް

49335860 9240 11f1 afba 01cbe043dea0

ރޮޑްރީއަށް ބާސާއިން ހުށައެޅި 38.5 މިލިއަން ޕަންޑަށް ސިޓީން ބުނީ ނޫނެކޭ!