ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާކުރަތު ބަނދަރު ބޮޑުކުރުމުގެ %60 މަސައްކަތް ނިމިއްޖެ

WhatsApp Image 2026 08 18 at 11.29.35
TTH_Ads
STO_Ads
Advertisement

ރ. މާކުރަތު ބަނދަރު އިތުރަށް ތަރައްޤީކޮށް ބަޑުކުރުމުގެ މަޝްރޫޢުގެ ބޮޑޫ ބައެއް ނިންމާލައިފިއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މާކުރަތު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %60 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބޭރު ތޮށީގެ މަސައްކަތްކަމަށް އެމްޓީސީސީން ބުންޏެވެ.

2009 ވަނަ އަހަރު ތަރައްޤީކުރި މާކުރަތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި 45024 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ އިތުރުން 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

HajjCop_ads
Advertisement

އާބާދީގައި 1300އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރ. މާކުރަތަކީ ފީނުމާއި މަސްވެރިކަން ކޮށްއުޅޭ ރަށެކެވެ. ރަށަކީ ގިނަ އަދަދަކަށް މަސްދޯނި ގެންގުޅޭ ރަށަކަށްވާއިރު ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަނދަރުގެ ދަތިކަމެވެ.

މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP61BjkbcAAregM

މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

Taxi

ޓެކްސީ ލައިން އެޕްލިކޭޝަންގެ މަޢޫލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

WhatsApp Image 2026 08 17 at 09.11.58

ތުޅާދޫ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ ފުޓިންގތަކާއި ޓައި ބީމް ރީބާގެ މަސައްކަތްތައް ނިންމާލައިފި

WhatsApp Image 2026 08 16 at 17.33.06

އެމްއެމްއޭ ކައިރީގައި ގާއިމުކުރި ޕަމްޕު ސްޓޭޝަން ރަސްމީކޮށް ބޭނުންކުރަން ފަށައިފި