ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

tourist arrival
TTH_Ads
STO_Ads
Advertisement

ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކުން ޓެކްސް ނެގޭނެ ގާނޫނީ އުސޫލުތައް ކަނޑައެޅުމެވެ. މި ގޮތުން ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ހިދުމަތްތައް ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނުމަށް ބިލުގައިވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ހިދުމަތް ދޭތާ ތިން ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް ތައްޔާރުކުރުން ލާޒިމުކުރުމުގެ މާއްދާއެއްވެސް މި އިސްލާހުގައި ހިމެނެ އެވެ. ހަމައެއާއެކު ބޭރުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ރާއްޖޭގައި ފޯރުކޮށްދޭ އޮފްޝޯ ވިޔަފާރިތަކުން އަގު ނަގާނެ ގޮތުގެ ތަފުސީލުތައް ގާނޫނުގައި ބަޔާންކުރުމަށް ވަނީ ހުށަހަޅައިފައެވެ.

HajjCop_ads
Advertisement

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު މި ބިލާއެކު ހުށަހަޅާފައިވާ ހަރަދުގެ އަންދާޒާއަށް ބަލާއިރު ދައުލަތުން އެއް ފަހަރާ ކުރަންޖެހޭ ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި މުވައްޒަފުންނަށް ކުރަންޖެހޭ ރިކަރަންޓް ހަރަދުގެ ގޮތުގައި އިތުރަށް 5.8 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެއެވެ.

އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓްރެވަލް އޭޖެންޓުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފަށާނީ މީރާއިން އެ ފަރާތްތަކާއެކު މަޝްވަރާކޮށް ޓެކްސް ދެއްކުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުންނެވެ. މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމުން ދައުލަތަށް އަހަރަކު 1.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބިލަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

tourist arrival

8 ދުވަސްތެރޭ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Big ojoHVrccRgzA9hVc8b7WLJLJX

ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން