ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަޅުތަކާއި ފަޅުރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް އެކުލަވާލަން ބިލު މަޖިލީހަށް

Big Tgiyzo7XVSWa475GzDjpWtauT
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް އެކުލަވާލުމަށް ރައްޔިތުންނަށް މަޖިލީހަށް ހުށައަޅައިފިއެވެ.

“ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ”ގެ ނަމުގައި މި ބިލު މަޖިލީހަށް ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. މި ބިލުގައި ވަނީ މިހާރުވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނަށް ފަޅުރަށްރަށް އެކަށައެޅޭނީ ފަތުރުވެރިކަމާއި މަސްވރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ، އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ. ތުރުވެރިކަމުގެ ބޭނުމަށާއި ސިނާޢީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އެކި ބޭނުންތަކަށް ފަޅު ކުއްޔަށް ދޫކުރާނީ އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.

މި ބިލުގެ ދަށުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕްތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެއެވެ. ފަޅުތައް ކުއްޔަށް ދެވޭނީ ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާޢީ މަސައްކަތްތަކާއި އެއް މިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ އިގްތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރ އާއި އެއާ ގުޅުންހުރި މަސައްކަތްތަކަށެވެ.

HajjCop_ads
Advertisement

އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރުކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ބިލުގައި ފަޅުރަށުގެ ކުއްޔާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅުއްވާނީ މާލީކަންކަމާބެހޭ ވުޒާރާއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާގޮތުން ވަރުވާއަށް ދެވޭނީ ވަކި ބޭނުމަކަަށް އެކަށައަޅާފައިވާ ނުވާ ރަށެކެވެ. އަދި ވަރުވާއަށް އެ ރަށެއް ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ކަމަށާއި މުއްދަތު އިތުރުކުރާނަމަ އިތުރުކުރެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ޤާނޫނާ ޚިލާފަށް ކަމެއް ކޮށްފިނަމަ 500،000 ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 1،000،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (16)

ރާއްޖެއާއި ބަލްގޭރިއާގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރުގައި ފަށަނީ

mira

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރވުމަށް ޚާއްޞަ ޕޯޓަލެއް

Big NhkLOPavQ4ildFHn6SJQok5mL

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ނިންމަން 1 އަހަރުގެ މުއްދަތެއް

HR2pgB0b0AAn7aE

ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރ ގައިޑަކަށްވުމުގެ ޝަރަފް ޝީނާއަށް