ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭގޮތުން ލޮރީ ޑްރައިވަރުންނާއެކު މަޝްވަރާކޮށްފި

HPnJ83IbcAA8EFG
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، އެމްޕީއެލުން ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތްތައް ރޭވުމުގައި ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެމްޕީއެލް އިން ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމުގެ މަޤްސަދަކީ ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެމްޕީއެލްގެ އެންމެ މުހިންމު އެއް މަސައްކަތްތެރިން ކަމުގައިވާ ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންގެ ބޭނުންތަކާއި ޚިޔާލުތައް ދެނެގަތުމެވެ.

މިގޮތުން، ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ތިލަފުށީގައި ޤާއިމުކުރުމާ ގުޅޭގޮތުން ބައިވެރިން ވަނީ އަގުހުރި ޚިޔާލުތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ. އަމާޒަކީ މި ފަރާތްތަކަށް މަސައްކަތް ކުރުމުގައި ވީހާވެސް ފަސޭހަވާނެ ގޮތަކަށް ބަނދަރުގެ އޮޕަރޭޝަންތައް ބައްޓަންކުރުން ކަމަށް އެމްޕީއެލުން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ. މި މަޝްރޫޢަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ފަރުމާކުރެވިފައިވާ މަޝްރޫޢެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ “ސްޓޭޓް އޮފް ދި އާޓް” މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިޤްތިޞާދީ ކުރިއެރުން އޮގަސްޓު މަހު ހުރީ 9.64 ބިލިޔަން ރުފިޔާގައި

MPL

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 1594 ކޮންޓެއިނަރގެ މުދާ ކްލިއާކުރި

އެމްޕީއެލް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް މިއަދު ފަށައިފި

MPL CEO

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ އިންޤިލާބީ ބަދަލެއް: ޝަފީޤް