ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިއްސާރަކޯޓު ލުމަށް ބުރިޖާއި ހައިވޭގައި މަޑުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

988
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސިނަމާލެ ބުރިޖާއި ހައިވޭ މަތީގައި ދުއްވާފައި ދަމުން ވިއްސާރަކޯޓު ލުމަށާއި ފޯނު ނެގުމަށް މަޑުނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކުރީ ވިއްސާރަކޯޓު ލުމަށްޓަކައި ގިނަ އަދަދެއްގެ ސައިކަލުތަކެއް ހައިވޭގައި މަޑުކޮށްގެން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމަށްފަހުއެވެ. އެފަދައިން މަގުމައްޗަށް މަޑުކުރުމުގެ ސަބަބުން ނުރައްކާތެރި އެތައް އެކްސިޑެންޓުތަކެއް ހިނގާފައިވާކަން ޓްރެފިކް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭއާއި ބުރިޖަކީ ބާރަށް ދުއްވާ ސަރަހައްދަކަށްވާތީ، މަގުމައްޗަށް މަޑުކުރުމަކީ އެހެން ދަތުރުވެރިންގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ އަމަލުތައް ނުކުރުމަށް ވަނީ އެދިފައެވެ.

HajjCop_ads
Advertisement

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހުކުރު ދުވަހާ ހަމައަށް މި ވިއްސާރަ ދެމިގެންދާނެއެވެ.

މީގެކުރިންވެސް މޫސުން ގޯސްވެ ބުރިޖު މައްޗަށް އުދައަރައިގެންނާއި، ވިއްސާރައިގައި މަގު ކަޝްވެގެން ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

މާލެ ފަތާ ޓްރެކް ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ފައިސާ ހޯދައިފި

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި

ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެއް، ފިޔަވަޅު އަޅާނެ: ފުލުހުން