ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް: މުޅި މުބާރާތުން އެންމެ މޮޅެތި ވަނަތައް ހާސިލުކުރާ ފަރާތްތަކަށް އުމްރާ ދަތުރެއް

STO_Ads
TTH_Ads
Advertisement

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި، މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހާސިލުކުރާ ފަރާތްތަކަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން ޢުމްރާ ދަތުރެއް ހަމަޖައްސައިފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް، މުޅި މުބާރާތުން މި ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ޢުމްރާ ދަތުރު ހަދިޔާކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް 11 އޮގަސްޓު 2026 ގައި ފަށާފައިވާއިރު، މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިސްލާމި ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ވަޒީރުގެ އިތުރުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

HajjCop_ads
Advertisement

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް މި މަހުގެ 11 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 325 ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތް ކުރިއަށްގެންދަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެނެވެ. އެއީ ދަރިވަރުންގެ ބަޔާއި އަމިއްލަ ފަރުދުންގެ ބައެވެ. މީގެ އިތުރުން އޮފީސްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ޚާއްޞަކޮށްގެން ބަހުސްކުރުމުގެ ބައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތިއަށް ބަހާލައިގެނެވެ. މި އަހަރުގެ މުބާރާތުގައި 51 ސްކޫލަކުން 302 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ 11 ސްކޫލަކުން ބައިވެރިވާ 40 ދަރިވަރުން ވެސް ހިމެނެއެވެ. އެންމެ ގިނަ ދަރިވަރުން ދަކުރަނީ ދަށު ސާނަވީ ގިންތީގައެވެ.

އަމިއްލަ ފަރުދުންގެ ބައިގައި ހިމެނެނީ 18 އަހަރުން ދަށުގެ އުމުރު ފުރާއާއި 18 އަހަރުން މަތީގެ ފުރާއެވެ. ބަހުސް ކުރުމުގެ ބައި ކުރިއަށް ގެންދަނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. ބަހުސް ބައިގައި 4 މުއައްސަސާއަކުން ބައިވެރިވެއެވެ.

ސްކޫލު ދަރިވަރުންގެ ވާހަކަދެއްކުމުގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެއެވެ. އަރުތަ ބުރަށް ހޮވިގެންދާނީ، ކޮންމެ ގިންތިއަކުން އެންމެ މަތިން މާކްސް ހޯދާ 10 ދަރިވަރުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުން