ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތަމާ ހިނގާ: ރައްޔިތުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

TTH_Ads
STO_Ads
Advertisement

“ފަތަމާ ހިނގާ” ގެ ނަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.

އެ ޕްރޮގްރާމަކީ ކުޅިވަރާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އެކުވެޓިކްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ހަރަކާތް ފެށީ މި ވެރިކަމުގައެވެ.

ސްޕޯޓްސް މިނިސްޓްރީގެ އެމްބަސެޑަރެއް ކަމަށްވާ ނައުފަލް މޫސާ “ވަގުތަށް” ވިދާޅުވީ އެ ޕްރޮގްރާމް މިހާރު ކުރިއަށް ގެންދަނީ އދ. މާމިގިލީގައި ކަމަށެވެ. އެ ރަށުގެ ސްކޫލްގެ ގްރެޑް 1 އިން ފެށިގެން 10 ގެ ދަރިވަރުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން 300 އެއްހާ މީހުންނަށް ވެސް ފަތަން ދަސްކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

“މާމިގިލިން ލިބެމުންދާ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރަން. މި ރަށުގެ ސްކޫލާއި ކައުންސިލާއި އަދި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.” ނައުފަލް

ނައުފަލް ވިދާޅުވީ ފެތުމުގެ އެ ޕްރޮގްރާމް މިހާރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ލ. އަތޮޅާއި ރ. އަތޮޅާއި އދ. ގެ ވަރަށް ގިނަ ރަށްތަކުގައި ޕްރޮގްރާމް ހިންގާފައިވާނެ ކަމަށް ނައުފަލް ވިދާޅުވިއެވެ. ގާތްގަނޑަަކަށް އެ ޕްރޮގްރާމްގައި 10،000 ކުދިންނަށް ފަތަން ދަސްކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މި ޕްރޮގްރާމް ފެށުމަށް ނިންމީ ރާއްޖޭގެ ކުޑަކުދިންނަށް މޫދުގައި ހިތާމަވެރި ހާދިސާތައް ދިމާވާތީ އެ ކުދިންނަށް މޫދުގެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި. ކުދިންނަށް ފަތަން ދަސްކޮށްދިނުމާއި ސްކޫލްތަކުގެ ކަބާއި ލިޓިލްމެއިޑް ކުދިންނަށް ބެޖްތައް ލިބުމުގެ ފުރުސަތު ލިބޭނެ. މޫދުގައި އެއްކުއްޖަކު އަނެއްކުއްޖަކު ސަލާމަތްކޮށްދޭނެ ގޮތާއި އިތުރު ބައިވަރު ކަންކަން ކިޔައިދެނީ. ކޮންމެ ރަށެއްގައި ވެސް 15 ދުވަހުގެ ޕްރޮގްރާމެއް ކުރިއަށް މި ގެންދަނީ.” ނައުފަލް

ރާއްޖޭގެ އެކި ރަށްރަށުގެ އެ ޕްރޮގްރާމް ހިންގުމަށް ޝައުގުވެރިވާނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެ ޕްރޮގްރާމް ހިންގުމަށް ކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު