ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 216 އަށް އަރައިފި

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
TTH_Ads
STO_Ads
Advertisement

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 216 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ފާއިތުވި ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭސް ވަނީ ފެނިފައެވެ. ބަލިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ކެމްޕޭނުގެ ދަށުން މިހާތަނަށް 14,701 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން ދެ ޑޯޒް ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް ހުޅުމާލެ ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

HajjCop_ads
Advertisement

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުންވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ހިމަބިހީގެ ވެކްސިން ދެމުންދެއެވެ. ބަލީގެ އަލާމާތެއް ހުރެެއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި މުޅިން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުވެސް ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނި، ވަނީ ކޮންޓްރޯލްކޮށްފައެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ކުއްޖާއަށް އެއް އަހަރުގައި ދޭއިރު، ދެވަނަ ޑޯޒް ދެނީ އުމުރުން ތިން އަހަރުގައެވެ.

އަވައްޓެރި ގައުމުތަކުން ބަލިތައް އައުމުގެ ފުރުސަތު އޮތުމުން، ވެކްސިން ޖެހުމުގައި ފަރުވާކުޑަނުކުރުމަށް ޑޮކްޓަރުން އިލްތިމާސްކުރެއެވެ. ހިމަބިހިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ފުރިހަމަކުރުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް މާލީ އެހީދެނީ

ވީއައިއޭގެ އިމަޖެންސީ އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފި

Igmh

ހިމަބިހީގެ އިތުރު 13 ކޭސް

Qw

އުމްރާ އިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި