ރިސޯޓްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %73.1 ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ޖުމްލަ 922،974 ފަތުރުވެރިންނެވެ. ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ޤައުމުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 99،886 ފަތުރުވެރިން އައިއިރު މީގެތެރެއިން %87.3 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
ދެވަނައަށް އެންމެ ގިނައިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ސްވިޒަލޭންޑްގެ ފަތުރުވެރިންނެވެ. އެ ޤައުމުން 24،380 ފަތުރުވެރިން ރާއްޖެ އައިއިރު އޭގެތެރެއިން %86.3 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ތިންވަނަ އަށް އެންމެ ގިނައިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. ރަޝިއާއިން 184،927 ފަތުރުވެރިން ރާއްޖެ އައިއިރު މީގެތެރެއިން %81.5 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 184 ރިސޯޓެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 45،865 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.









ކިޔުންތެރިންގެ ހިޔާލު