ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހި ފްލެޓުތައް ކައިރިން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި

446765 3 b5f4426cdd1d4016712d1bde80f37bc2665dc509
TTH_Ads
STO_Ads
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަހި ފްލެޓުތައް ކައިރީގައި އޮތް ކުނިތައް ސާފުކޮށް އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފިއެވެ.

ދޯދި 10 އާއި 11 ވަނަ ޓަވަރުގެ ކުރިމަތީގައި އޮތް ހުސްބިމުގައި ބޮޑު ކުނި ފުންޏެއް އޮތްއިރު އެތަނުގައި ގިނައީ ގޭގެއިން ނެރެފައިވާ ކުންޏެވެ. އެޗްޑީސީން އިސް ނަގައިގެން މިހާރު ފަށާފައިވާ “މަދިރިން ރައްކާ” ކެމްޕޭނުގެ ދަށުން އިއްޔެ ވަނީ އެ ކުނިތައް ސާފުކޮށްފައެވެ. އެ މަސައްކަތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންނާއި ވެމްކޯ އަދި މޯޕާ ބައިވެރިވިއެވެ.

އެޗްޑީސީން ބުނީ ސާފުކުރުމުގެ މަސައްކަތް އަދި އެއްކޮށް ނުނިމޭ ކަމަށެވެ. އެހެންކަމުން މިއަދުވެސް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްކުރާނެކަމަށާއި، އެ މަސައްކަތް މިއަދު ނިންމާލެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.

HajjCop_ads
Advertisement

ފަހި ފްލެޓްތަކުގެ މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. އޭގެ ފަހުން އެ ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.  ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވެފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަދިރިން ރައްކާ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން އެމްއެމްއާރްއައި އާއި އެޗްޑީސީ އެބަސްވުމެއްގައި ސޮއިކޮށްފި

Screenshot 2026 07 06

ހިޔާ ޓަވަރުތަކުގައި ބޮޑެތި ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

71 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު އެޗްޑީސީން ފޮނުވަން ފަށައިފި