ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޮޑްރީއަށް ބާސާއިން ހުށައެޅި 38.5 މިލިއަން ޕަންޑަށް ސިޓީން ބުނީ ނޫނެކޭ!

49335860 9240 11f1 afba 01cbe043dea0
TTH_Ads
STO_Ads
Advertisement

ސްޕެއިންގެ ކެޕްޓަން އަދި މިޑްފީލްޑަރ ރޮޑްރީގޯ ގަތުމަށް ބާސެލޯނާއިން ހުށަހެޅި 38.5 މިލިއަން ޕައުންޑް ނުވަތަ 51.27 މިލިއަން ޑޮލަރަށް މެންޗެސްޓަރ ސިޓީން ނޫނެކޭ ބުނެފިއެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރަށް އެއަގު މާކުޑަކަމަށް ސިޓިން ވަނީ ބުނެފައެވެ. ސިޓީން ޑިމާންޑް ކުރަނީ އެންމެ ދަށްވެގެން 60 މިލިއަން ޕައުންޑަށެވެ. 30 އަހަރުގެ މިޑްފީލްޑަރ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރެވެ. އެއްބަސްވުން އާނުކުރާނަމަ ޓްރާންސްފަރގެ ދޮރު ބަންދުވުމުގެ ކުރިން ރޮޑްރީގޯ ވިއްކާލަން ސިޓީންވެސް ބޭނުންވެއެވެ.

ފުރަތަމަ ރެއާލް މެޑްރިޑަށް ބަަދަލުވުމުގެ މަޝްވަރާތަކެއް ކުރިއަށްގެންދިޔަ ނަމަވެސް، ރޮޑްރީ ދާންއެދޭ ކްލަބަކަށް މިހާރު އޮތީ ބާސެލޯނާއެވެ. އެއީ ވަރލްޑްކަޕް ހޯދި ޓީމްގައި ރޮޑްރީއާއެކު ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ ޓީމެވެ.

HajjCop_ads
Advertisement

2024-2025 ވަނަ އަހަރުގެ ސީޒަންގެ ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ގެއްލުނަސް ރޮޑްރީ ވަނީ ފީފާ ވަރލްޑްކަޕްގައި މޮޅަށް ކުޅެ، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. 2024 ވަނަ އަހަރު ބެލޮންޑިއޯ ހޯދިއިރު ހުރި ފޯމަށް އެނބުރި އައިސް، ރޮޑްރީ މިހާރު ބޭނުންވަނީ ސިޓީ ދޫކޮށް، ބާސާއަށް ބަދަލުވުމަށެވެ.

މެންޗެސްޓަރ ސިޓީން މިހާރު މަސައްކަތް ކުރަނީ ރޮޑްރީގެ ބަދަލުގައި މޮރޮކޯގެ އައްޔޫބްގެ ސޮއި ހޯދާށެވެ. ވަރލްޑް ކަޕްގައި މޮޅަށް ކުޅުނު 18 އަހަރުގެ މިޑްފީލްޑަރ ވިއްކާލަން ލިލް އިން ކިޔަނީ 86 މިލިއަން ޕައުންޑެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2026 07 20T135933Z 1458138166 RC2PHMA5BIO6 RTRMADP 3 SOCCER WORLDCUP ESP MADRID ARRIVAL

ސްޕެއިން ތަށްޓާއެކު އެނބުރި ޤައުމަށް، މިހާރު ކުރިއަށްދަނީ އުފާފާޅުކުރުން

448a96d355f0 gettyimages

ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

1677286.jpeg

ރޯކަށް ބޭނުމެއްނޫން، އެކަމުވެސް އުފަލުން ރޮވިއްޖެ: ސްޕެއިންގެ ކޯޗު

Oyarzabel mikel1280 768x432

ފްރާންސް ރޮއްވާލާފަ ސްޕެއިން ފައިނަލަށް