ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ލިންކް ރޯޑު ހަލާކުވެގެން ދިޔައިރު އިސްކަން ނުދިނީ ކީއްވެގެންތޯ ސުވާލުކުރައްވައި މިނިސްޓަރު މުއްޠަލިބް ފާޑުވިދާޅުވެއްޖެ

Qw
TTH_Ads
STO_Ads
Advertisement

އައްޑޫ ސިޓީގެ މޭޔަރުކަމާއި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި މިހާރުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު ހުންނެވި ދުވަސްވަރު، އައްޑޫ ލިންކް ރޯޑުގެ މަސައްކަތަށް އިސްކަން ނުދެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވައި، ކައުންސިލްތަކަށް ލިބޭ އާމްދަނީއާ މެދު މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވަލަޕްމަންޓް ޑރ. އަބްދުﷲ މުއްޠަލިބް ރައްޔިތުންގެ މަޖިލީހުގައި ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، ކައުންސިލްތަކުގެ ޒިންމާތަކާއި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ސަރުކާރުން ބޮޑު އަގުގައި ބިން ހިއްކަނީ އެތަންތަން ތަރައްޤީކޮށް ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ލުއިފަސޭހަކަން ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ ރަށުން ހިއްކި ހުރިހާ ބިމެއް އޮތީ ގޯތީގެ ގޮތުގައި ކަނޑައި ދީފައި ކަމަށެވެ. އެތަނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކޮށްގެން ބޮޑު އާމްދަނީއެއް ހޯދައި، އެ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ފަދަ އަސާސީ ކަންކަން އަމިއްލައަށް ހަމަޖެއްސޭނެ ފަދަ ތަނެއް ނަމަވެސް، އެ ރަށުގެ އެމްޑީޕީ ކައުންސިލުން ނިންމީ ހުރިހާ ޚަރަދެއް ސަރުކާރުން ކުރަންޖެހޭނެ ކަމަށެވެ.

HajjCop_ads
Advertisement

ކައުންސިލްތަކުން ޒިންމާ ނުނަގައި ހުރިހާ ކަމެއް ދައުލަތުގެ ބޮލުގައި އަޅުވާތީ ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބައެއް ކައުންސިލްތަކުން ބޭނުންހާ ގޮތަކަށް ބިންތައް ބަހާލައި، ކައުންސިލްގެ ކުންފުނިތައް ހަދައިގެން ބޭނުން ގޮތެއް ހަދަމުންދާއިރު، އެ ތަންތަނަށް ބޭނުންވާ ފެނާއި، ނަރުދަމާ އާއި، ކަރަންޓުގެ ޚިދުމަތްތައް ޤާއިމުކުރަން ޖެހެނީ ސަރުކާރުން ގޮސްގެން ކަމަށެވެ. ސަރުކާރުން އެ ހުރިހާ ކަމެއް ކޮށްދެމުންދާއިރު، ދައުލަތުން ކައުންސިލް ބަޖެޓަށް ދޭ ފައިސާ ބޭނުންހާ ގޮތަކަށް ޚަރަދުކޮށްލައިގެން ތިބުމަކީ ރައްޔިތުން ކައުންސިލްތައް އިންތިޚާބުކުރި ބޭނުންތޯ މިނިސްޓަރު ވަނީ ސުވާލުކުރައްވާފައެވެ.

އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވަނީ، އައްޑޫ ސިޓީ ކައުންސިލުން ޓޫރިޒަމް ޒޯނަށް ހުރިހާ ބިމެއް ދޫކުރިއިރު އެތަނުން ލިބުނު ފައިސާއަށް ހެދި ގޮތަކާ މެދު ސުވާލު ކުރައްވާފައެވެ. އަދި އައްޑޫގެ މައި ނާރު ކަމަށްވާ ލިންކް ރޯޑު އެހާ ބޮޑަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން ދިޔައިރު ކައުންސިލުން ކުރީ ކޮން ކަމެއްތޯ އޭނާ އެއްސެވިއެވެ. ޚާއްޞަކޮށް، މިހާރުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު އައްޑޫގެ މޭޔަރުކަމުގައި ހުންނެވިއިރުއާއި، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު އައްޑޫގެ ބޮޑެތި މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު ކުރިއަށްދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން އައްޑޫގެ 60 ކިލޯމީޓަރުގެ މަގު ހަދައި ނިމުނުއިރު، އެންމެ މުހިންމު ދަތުރުފަތުރުގެ ނާރު ކަމަށްވާ ލިންކް ރޯޑު އެ މަޝްރޫޢުގައި ނުހިމަނައި، އޭގައި އަތްނުލައި ދޫކޮށްލީ ކީއްވެގެންތޯއާއި އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ މިނިސްޓަރު ސުވާލު ކުރެއްވިއެވެ. މިއަދު ސަރުކާރާ ދިމާލަށް އިނގިލި ދިއްކުރާއިރު، މާޒީގައި އައްޑޫގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު ދިޔައިރު ލިންކް ރޯޑަށް އިހުމާލުވެފައިވާތީ، އެކަމުގެ ޒިންމާ އޭރު ތިއްބެވި ވެރިން އުފުލަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ލިންކް ރޯޑު މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމުގެ ސަބަބުން މަގުގެ ބޮޑު ބައެއް ހަލާކުވެ، އާންމު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގައި މީހުންގެ ފުރާނައަށް ގެއްލުންވެފައިވާއިރު، މިހާރުގެ ސަރުކާރުން ވަނީ އެ މަގު އަލުން މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. މިނިސްޓަރު ވިދާޅުވީ، ލިންކް ރޯޑު ހެދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ބޭނުންވެއްޖެ ނަމަ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މުޅި މި މަޝްރޫޢު ނިންމުމަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަނީ

788

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލު އަމާޒުވި ވަޒީރަކީ ހައުސިން މިނިސްޓަރު

Minister Muthalib

އައު ހައުސިން މަޝްރޫޢުތަކާއެކު ބޯހިޔާވަހިކަމަށް އޮތް ކިޔު ކުޑަވާނެ: ޑރ. މުއްތަލިބު

Main 20260717

ޚަބަރު ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާއި ހަވާލުކޮށްފި