ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބެލްޖިއަމަށާއި އީޔޫއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ދިޔާނާ އައްޔަންކުރައްވައިފި

Qw
TTH_Ads
STO_Ads
Advertisement

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ ސަފީރުކަމުގެ މަޤާމަށް ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެކަމުގެ ފަތްކޮޅު އަރުވާފައެވެ.

މި މަޤާމަށް ދިޔާނާ އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަންފުޅު ފޮނުއްވީ މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ. މި ހުށަހެޅުން ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ދިޔާނާ ސަޢީދަށް ސަފީރުކަމުގެ ރުހުން ދީފައިވަނީ ޖުލައި މަހުގެ 29ވަނަ ދުވަހު ބޭއްވުނު ޖަލްސާގައެވެ. މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމި ރިޕޯޓަށް ވޯޓަށް އެހުމުން އެ މަޤާމަށް ދިޔާނާ އައްޔަންކުރަން ރުހުން ދިނުމަށް 52 މެންބަރުން އިއްތިފާޤުން ވޯޓު ދެއްވައިފައިވެއެވެ.

HajjCop_ads
Advertisement

ދިޔާނާ އަކީ ރާއްޖޭގެ ސިޔާސީ އަދި ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ބަންޑާރަނައިބުކަން ކުރައްވައިފައެވެ. އަދި ސާކް ޖަމިއްޔާގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ. ސަފީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ދިޔާނާ ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސަޑާ އެޓް ލާޖްގެ މަޤާމުގައެވެ.

ޢިލްމީ ގޮތުން ބަލާއިރު ދިޔާނާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ބެޗެލާސް އޮފް ލޯސް ޙާޞިލުކުރައްވައި، ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން ޤާނޫނާއި ޕޮލިޓިކަލް ސައިންސްގެ ރޮނގުން މާސްޓާ އޮފް ލޯސް ފުރިހަމަކުރައްވައިފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވަރސިޓީއިން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ރޮނގުންވެސް މާސްޓާ އޮފް ލޯސް ޙާޞިލުކުރައްވައިފައިވެއެވެ. ބެލްޖިއަމަށާއި އީޔޫއަށް ރާއްޖޭން ކަނޑައަޅާ އައު ސަފީރުގެ ގޮތުގައި ދިޔާނާ ޢައްޔަންކުރެއްވުމަކީ ވިލާތުގެ ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރަކަށް ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

Main featured lg 202603270117371774599457.6962

އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާ ސަފީރަކަށް ދިޔާނާ އައްޔަންކުރަން މަޖިލީހަށް

Iu

ދެ ދުވަހެއްގައި އިންތިޚާބު ބޭއްވުމަކީ ރާއްޖޭގައި ފެއިލްވެފައި އޮތް ނިޒާމެއްކަން ގަބޫލުކުރަން ޖެހޭ: ދިޔާނާ