ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމްރާ އިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

Qw
STO_Ads
TTH_Ads
Advertisement

އުމްރާގެ އަޅުކަން ނިންމުމަށް ފަހު ސައުދީ އަރަބިއްޔާ އިން އެނބުރި ރާއްޖެ އަންނަ މީހުން، ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ފަހު އެނބުރި އަންނަ ދުވަސްވަރަކަށް ވާތީ، ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި އެ އެޖެންސީން ވަނީ ރައްކާތެރިކަމުގެ ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ.

އެޗްޕީއޭ އިން އާންމުކުރި އިރުޝާދުތަކުގައި ބުނެފައި ވަނީ، އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކާއިރު އެއީ ދާދިފަހުން އުމްރާ އިން އެނބުރި އައި މީހެއްކަން ހާމަކުރުމަކީ ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރެއެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަމިއްލަ ގޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ ބާރުއަޅާފައެވެ. އެގޮތުން، އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާ ބައްދަލުވުމުގައި ސަމާލުވުމަށް އިރުޝާދުދީފައިވެއެވެ. މީގެ އިތުރުން، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ ވަރަށް އަރާމުކުރުމުގެ އިތުރުން، ހުން ގަދަވާ ނަމަ ގައިގައި ފެން ހޭކުމަށް ވެސް އެޗްޕީއޭ އިން ލަފާދެއެވެ.

HajjCop_ads
Advertisement

ބޭސް ބޭނުންކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ، ޑޮކްޓަރެއްގެ އިރުޝާދެއް ނެތި ޕެރެސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި އަރިދަފުސް ރޯގާ ޖެހިފައިވާ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި، ޓިޝޫ ބޭނުންކުރުމަށް ފަހު ރައްކާތެރި ގޮތުގައި ނައްތާލުމުގެ އިތުރުން، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެ މުހިންމު ކަންކަން ކަމުގައި އެ އެޖެންސީން ބުނެއެވެ.

ނިމިދިޔަ ސްކޫލު ބަންދާ ދިމާކޮށް ރާއްޖެއިން 5,000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ އިރު، ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އުމްރާވެރިންގެ ފަރާތުން އާއިލާގެ މެންބަރުންނަށާއި މުޅި މުޖުތަމައަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Umra hajj cooperation

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި

Igmh

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރައިފި

ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފާގެ މީހުންނަށް: ޑރ. ފައިސަލް

Igmh

18 އަހަރުން ދަށުގެ ކުދިންނަށް އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި