ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަދިރިން ރައްކާ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

TTH_Ads
STO_Ads
Advertisement

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރިއަށްގެންދާ “މަދިރިން ރައްކާ” ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތަކީ ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ އިސްނެގުމާއެކު، ހުޅުމާލޭގެ ދެކުނު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބައިވެރިކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސިލްސިލާކޮށް ކުރިއަށްގެންދާ “މަދިރިން ރައްކާ” ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން ކޮންގްރެސްޕާޓީގެ އެތެރޭގެ އިންތިޚާބު ނިމި ކޮމެޓީތައް އެކުލަވާލުމާއެކު ޕީއެންސީ ހުޅުމާލެ ދެކުނުދާއިރާގެ ކޮމެޓީއިން ވަނީ 19 ޖުލައިގައި އެޗްޑީސީއާއެކު ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ. އެއަށްފަހު ހުޅުމާލެ ދެކުނުން މިއަދު ސާފުކުރަން ހަމަޖެހިފައިވާ ދާއިރާގެ ރައްޔިތުންގެ ގެތަކަށް ވަދެ މި ޙަރަކާތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ލުއިފޮތްތަކެއް ވަނީ ބަހާފައެވެ.

މިއަދު ހެނދުނު 6:45 ގައި ފެށުނު މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރާއި، އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މޯޕާ އާއި އެހެނިހެން ޖަމިއްޔާތައް ހިމެނޭހެން ގާތްގަނޑަކަށް 150 މީހުން ބައިވެރިވިއެވެ. މި ހަރަކާތުގެ ދަށުން މިއަދު ސާފުކޮށްފައިވަނީ ހުޅުމާލޭގެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދެވެ.

HajjCop_ads
Advertisement

އެޗްޑީސީއިން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން ރައްޔިތުން ސަލާމަތް ކުރުމެވެ. މިއަދުގެ ހަރަކާތުގައި ސާފުކުރުމުގެ އިތުރުން އެ ސަރަހައްދު ފޮގު ކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ހަރަކާތްތަކަކީ މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ރޫހު އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެޗްޑީސީއިން ފާހަގަކުރެއެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް އެޗްޑީސީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ތާވަލުކޮށްގެން ކުރިއަށްގެންދާ ފޮގު ކުރުމާއި، އާންމުންގެ ޝަކުވާތަކަށް ބިނާކޮށް ކުރާ ފޮގު ކުރުން ހިމެނެއެވެ. މީގެ އިތުރުން، ބަސް ހުއްޓިތަކުގެ ފުރާޅުތަކުގައި ފެން ހަރުލާފައި ހުރިތޯ ބަލައި ސާފުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

ވޭތުވެދިޔަ ތިން މަސްދުވަހު ކޮންމެ މަހަކު އެއްފަހަރު މުޅި ހުޅުމާލެ ފޮގު ކުރެވިފައިވާ ކަމަށާއި، މި މަސައްކަތުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ބިނާކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން އެމްއެމްއާރްއައި އާއި އެޗްޑީސީ އެބަސްވުމެއްގައި ސޮއިކޮށްފި

Screenshot 2026 07 06

ހިޔާ ޓަވަރުތަކުގައި ބޮޑެތި ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

71 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު އެޗްޑީސީން ފޮނުވަން ފަށައިފި

hiyaa flats

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި