ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުން ސެޕްޓެމްބަރު މަހު ރާއްޖޭގައި

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
STO_Ads
Advertisement

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން، އޭބީއޭގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، އަންނަ ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ޤައުމީ ބޭންކު، ބީއެމްއެލުން ނިންމައިފިއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް ސެޕްތެމްބަރު 1 އިން 3އަށް ކުރުނބާ މޯލްޑިވްސްގައެވެ.

މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލް އިން ވަނީ މި ކޮންފަރެންސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވާފައެވެ. ދެވަނަ ފަހަރަށް މި ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އޭޝިއާގެ ބޭންކިންގ ދާއިރާގައި އެ ބޭންކުގެ އިތުބާރާއި ލީޑަރޝިޕް ވަރުގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ޤައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއަރ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުން ބައިވެރިވާނެކަމަށެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އައު ފުރުސަތުތަކުގެ އިތުރުން މާލީ ދާއިރާގެ މުސްތަޤްބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.

ރާއްޖޭގައި މި ކޮންފަރެންސް ބީއެމްއެލުން ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި އޭބީއޭގެ 41 ވަނަ ކޮންފަރެންސްގައެވެ. މި ބައްދަލުވުމުގެ ތެރެއިން ބީއެމްއެލްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ، އެ އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އައްޔަންކުރެއްވުންކަމަށް ބީއެމްއެލުން ބުންޏެވެ.

HajjCop_ads
Advertisement

 

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo 27 e1774148732304 768x488

ބީއެމްއެލުން ހިންގާ ހައުސިން މަޝްރޫޢޫތައް އަމަލީ މަސައްކަތާ ހަމައަށް

bml

ނިންމަނީ މިނިވަން ނިންމުންތަކެއް، އެއްވެސް ސިޔާސީ ނުފޫޒެއް ނެތް: ބީއެމްއެލް ސީއީއޯ

WhatsApp Image 2026 04 16 at 11.31.50

ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާއިމްކޮށްފި

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ