ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޯބްސްގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

7889a277 e604 46b1 9578 1f441a139cc9
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދުނިޔޭގެ ނުފޫޒުގަދަ މަޖައްލާ “ފޯބްސް” އިން ހޮވި 2026 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ މި މިނިވަން ރޭންކިންއިން ދައްކުވައިދެނީ އެ ބޭންކުގެ މާލީ ހަރުދަނާކަމާއި، ރިސްކް މެނޭޖްމަންޓުގެ ފުރިހަމަކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުގެ ގޮތުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރެވެ.

މި ރޭންކިން އެކުލަވައިލާފައިވަނީ ފޯބްސް އާއި މާކެޓް ރިސާޗް އިދާރާ “ސްޓެޓިސްޓާ” ގުޅިގެންނެވެ. މިއީ މި ލިސްޓު ނެރުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، 89 ގައުމަކުން ހޮވާލެވުނު 500 ބޭންކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކު ވަނީ ހިމެނިފައެވެ.

“ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026” ނަމުގައި އެކުލަވައިލި މި ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ:

HajjCop_ads
Advertisement

  • ފައިދާ ލިބޭ މިންވަރު
  • ކުރިއެރުމާއި އާމްދަނީގެ ފެންވަރު
  • ރައުސްމާލާއި ފަންޑިންގެ ހަރުދަނާކަން
  • އެސެޓްތަކުގެ ފެންވަރާއި ހިންގުންތެރިކަން

މި ދިރާސާ އެކުލަވައިލުމުގައި “އެސް އެންޑް ޕީ ކެޕިޓަލް އައިކިއު” ފަދަ އިތުބާރުހުރި މާލީ އިދާރާތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުގެ މާލީ ބަޔާންތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ވަނީ ރިއާޔަތްކޮށްފައެވެ. ޖުމްލަ ހަ ފަންތިއަކަށް (ޓިއާ) ބަހާލައިގެން ކުރިއަށްގެންދިޔަ މި ރޭންކިންގެ އެއްވަނަ ފަންތީގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ފަދަ ދުނިޔޭގެ ނުފޫޒުގަދަ ބޮޑެތި ބޭންކުތައް ހިމެނެއެވެ.

ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގައި ހުރި ބޭންކުތައް ހިމެނޭ ހަވަނަ ފަންތީގައެވެ. މި ފަންތީގައި ބީއެމްއެލްގެ ނަތީޖާ އަޅާކިޔާފައިވަނީ އެހެން ގައުމުތަކުގައި ހުރި އެ މިންވަރުގެ މާލީ އިދާރާތަކާއެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، މި ކާމިޔާބީން ހާމަވަނީ ބަދަލުވަމުން އަންނަ ދުނިޔޭގެ މާލީ ވެއްޓަށް އެ ބޭންކު ފައްކާވެފައިވާ މިންވަރާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި، ލޯނު ދޫކުރުމުގެ ހަރުދަނާ އުސޫލުތަކުގެ އިތުރުން ދެމެހެއްޓެނިވި މާލީ ކުރިއެރުމެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މިފަދަ ރޭންކިންއަކުން ޖާގަ ލިބުމަކީ ބޭންކުގެ މާލީ ބާރާއި ރައުސްމާލުގެ ފުދުންތެރިކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ކަސްޓަމަރުންގެ އިތުބާރު ބޮޑުވެ، ހިއްސާދާރުންނަށް އެދެވޭ ކުރިއެރުން ލިބެމުންދާކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދީ ޒިންމާތައް ފުރިހަމައަށް އަދާކޮށް، ޒަމާނީ ޓެކްނޮލޮޖީއަށާއި މުވައްޒަފުންނަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބީއެމްއެލްއިން ބުނީ، މިއީ ކަސްޓަމަރުންނާއި މުޅި ގައުމަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި

WhatsApp Image 2026 08 13 at 11.36.40

ބީއެމްއެލް ބޭންކު ފަންޑު 5 ޖަމުޢިއްޔާއަކަށް

bml

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުން ސެޕްޓެމްބަރު މަހު ރާއްޖޭގައި

Oo 27 e1774148732304 768x488

ބީއެމްއެލުން ހިންގާ ހައުސިން މަޝްރޫޢޫތައް އަމަލީ މަސައްކަތާ ހަމައަށް