ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށްކަށް ނުދޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ
TTH_Ads
STO_Ads
Advertisement

އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އީރާނުން ބުނެފިއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނުން އެމެރިކާއާ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށާއި، އެއްވެސް ސިފައެއްގައި ވާހަކަ ނުދެކެވޭ ކަމަށެވެ.

އެހެން ނަމަވެސް، މީޑިއޭޓަރުން މެދުވެރިކޮށް އެމެރިކާއިން އީރާނަށް މެސެޖްތަކެއް ފޮނުވަމުން ގެންދާ ކަމަށް ތަރުޖަމާނު ކަށަވަރު ކޮށްދެއްވިއެވެ. އެމެރިކާގެ މެސެޖްތަކަށް އީރާނުން ޖަވާބުދޭ ވާހަކައެއް ވިދާޅެއް ނުވެއެވެ.

HajjCop_ads
Advertisement

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، ހަނގުރާމަ ކުރަންވީ ވަގުތާއި، ސުލްހަވާންވީ ވަގުތު ކަނޑައެޅުމުގެ ފުރުސަތު އީރާނުން ދުވަހަކުވެސް އެމެރިކާއަށް ނުދޭނޭ ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެމްއޯޔޫގައި ސޮއިކުރިތާ 22 ދުވަސްފަހުން އެމެރިކާ ސިފައިން ދެ ހަފްތާވަންދެން އީރާނުގެ ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕް އަންގައިގެން އެމެރިކާ ސިފައިންގެ ހަމަލާތައް ވަނީ މެދުކަނޑާލާފައެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރު އިއްޔެ ބުނީ، އެމެރިކާއިން ހަމަލާތައް ހުއްޓާލީ ޑިޕްލޮމަސީއަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެމެރިކާއިން ހަމަލާތައް ހުއްޓާލުމުން އީރާނުންވެސް ވަނީ، އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާގެ މަސްލަހަތުތަކަށް ދެމުންގެންދިޔަ ރައްދު ހަމަލާތައް މެދުކަނޑާލާފައެވެ.

ހަމަލާތައް ހުއްޓާލައި އެމެރިކާއިން އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާއާއި ހުޅަނގުގެ ބައެއް މީޑިއާ ވަސީލަތްތަކުން ޚަބަރު ފެތުރިނަމަވެސް އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އެއީ އޮޅުވާލަން ފަތުރާ ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށެވެ.

އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނުން މިވަގުތު މަޝްވަރާތައް ބާއްވަމުން ގެންދަނީ ހަމައެކަނި އުމާނާ ކަމަށާއި، އެއީ ހޮރްމޫޒު ކަނޑުއޮޅި މެނޭޖްކުރުމާ ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރާތަކެއް ކަމަށެވެ. އެ މަޝްވަރާތަކުގައި އެމެރިކާ ބައިވެރި ނުކުރާ ކަމަށްވެސް އީރާނުން ބުނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު: އީރާން

މެސެޖްގެ ޒަރީއާއިން އީރާނާއި އެމެރިކާ ވާހަކަ ދައްކަނީ، އެމެރިކާއިން ރޭގައި އީރާނަށް ހަމަލާނުދޭ

އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ބުނެފި

ސައުދީ އިތުރު އުޅަނދަކަށް ހަމަލާދީފިނަމަ އީރާނާއި ހޫޘީންނަށްވެސް އަސްކަރީ ހަރުކަށި އަދަބުދޭނަން: ޓްރަމްޕް