ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައްބީސް ކާނިވަލް އެޗްޑީސީން ފަށައިފި

Screenshot 2026 07 25
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އޮފިޝަން އިވެންޓްސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން “ސައްބީސް ކާނިވަލް” ނަމުގައި ޚާއްޞަ ކާނިވަލެއް ފަށައިފިއެވެ.

މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލްގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާނެއެވެ. ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާނިވަލުގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިންގ، ކުޑަކުދިންގެ އޭރިއާ، ފުޑް ކިއޮސްކުތައް އަދި ލައިވް މިއުޒިކާއި ބޮޑުބެރުގެ ހުށަހެޅުންތައް ހިމެނެއެވެ.

މި ކާނިވަލަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ޒިޔާރަތްކުރި ގިނަ ކުދިންނަށް އެންމެ ކަމުދިޔައީ ހޮރޯ ހައުސް ނުވަތަ ބިރުވެރި ހޮހަޅައެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި މި ކާނިވަލުގެ މައިގަނޑު މަޤުޞަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، އެންމެން އެއްތަނަކަށް އެއްވެ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

HajjCop_ads
Advertisement

އަދި ކުރިއަށް އޮތް ތަނުގައިވެސް ގައުމީ މުނާސަބަތުތައް މިފަދަ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Thilafushi port

ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި

ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި