ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ހުޅުމާލޭގައި ކާނިވަލެއް ބާއްވަނީ

hdc office
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި އެއް ހަފުތާގެ މުއްދަތަށް ހާއްސަ ކާނިވަލެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

‘އޮފިޝަލް އިވެންޓްސް’ އާ ގުޅިގެން ކުރިއަށްގެންދާ މި ކާނިވަލް އޮންނާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ މި ކާނިވަލުގައި ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

އެޗްޑީސީން އާންމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، ކާނިވަލުގައި ކުޅިވަރާއި މުނިފޫހިފިލުވުން އަދި އާއިލާތަކާ ގުޅުންހުރި މުހިއްމު ހަރަކާތްތައް ކުރިއަށްދާނެއެވެ. މިގޮތުން، ކާނިވަލް ގޭމްސް، ޑިޖިޓަލް ގޭމިން އެރީނާ އަދި އިންފްލޭޓަބަލްސްގެ އިތުރުން ހޮރޯ ހައުސް، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ހުށަހެޅުންތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

އެޗްޑީސީން ބުނީ ކުޑަކުދިންނަށް ހާއްސަ ސަރަޙައްދެއް ކަނޑައެޅުމާއެކު، ތަފާތު ކާބޯތަކެތި ލިބެން ހުންނާނެ ކިއޮސްކުތައް ކާނިވަލްގައި ލިބެންހުންނާނެ ކަމަށެވެ.

މިއަހަރުގެ މިނިވަން ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ. މިނިވަން ދުވަހާ ގުޅުވައިގެން މިފަދަ ކާނިވަލެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، މިނިވަން ދުވަހުގެ އުފާފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، މަޖާ މާހައުލެއްގައި އާއިލާތަކަށް ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، ހުޅުމާލޭގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށް އޮތް ތަނުގައިވެސް ގައުމީ މިފަދަ މުހިންމު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަކީ އެ ކުންފުނީގެ ބޮޑު އަމާޒެއް ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި