ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން އެމްއެމްއާރްއައި އާއި އެޗްޑީސީ އެބަސްވުމެއްގައި ސޮއިކޮށްފި

TTH_Ads
STO_Ads
Advertisement

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ރާއްޖޭގެ ފަރުތައް އާލާކުރުމަށާއި މޮނިޓަރކުރުމަށްޓަކައި މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަމްޖަދު އަޙްމަދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

އެމްއެމްއާރްއައި އިން މައުލޫމާތު ދިން ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެޗްޑީސީން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓަރކޮށް، ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ދިނުން މި އެއްބަސްވުމުގައި ހިމެނޭކަމަށްވެސް ބުންޏެވެ.

HajjCop_ads
Advertisement

މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުއަޑީގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން އެޅި މުހިންމު ފިޔަވަޅެކެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ މުރަކަ އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް، ފަރުތަކުގެ ނިޒާމު ރައްކާތެރިކުރުމެވެ.

މި އެއްބަސްވުމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދެ ފަރާތުންވެސް ގަބޫލު ކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 07 06

ހިޔާ ޓަވަރުތަކުގައި ބޮޑެތި ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

71 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު އެޗްޑީސީން ފޮނުވަން ފަށައިފި

hiyaa flats

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ރީސައިކަލް ކުރާ ސެންޓަރުގެ ބިންގާ އަޅައިފި